Friday, July 26, 2024

ޚަބަރު : 1 (އަދަބީ ފޯވަހި)

 

އަދަބީ ފޯވަހި

ލިޔުނީ: ފާޠިމަތު އިޒްކާ އަޙްމަދު – 4609 (ގުރޭޑު 10)



ނޫރާނީ ސްކޫލުން ވަނީ "އަދަބީ ފޯވަހި" ގެ ނަމުގައި ދިވެހި ހަފުތާއެއް ބާއްވަން ނިންމާފައެވެ. މި ހަފުތާ ކުރިއަށް ދާނީ 28 ޖުލައި 2024 އިން 30 ޖުލައި 2024 ގެ ނިޔަލަށެވެ.

ދިވެހި ހަފުތާގައި ކުރިއަށްގެންދަން ރާވާފައިވާ ޙަރަކާތްތައް ކުރިއަށްދާނީ 3 ދުވަހަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުލައި 28 ވަނަ ދުވަހު ކުރިއަށްދާނީ ބަނދި ކިޔުމާއި، ރައިވަރު ކިޔުމާއި، ޅެން ކިޔުމާއި، އަދި ޤައުމީ ލަވަ ހުށެހެޅުމެވެ. އަދި 29 ޖުލައި ގައި ކުރިއަށްގެންދާނީ މައުޟޫޢަކަށް ވާހަކަދެއްކުމާއި، ވާހަކަ ހުށެހެޅުމާއި، އިޝްތިހާރު ހުށަހެޅުމާއި، އަދި ބަޚަބަރު ހުށެހެޅުމެވެ. އަދި ޖުލައި 30 ވަނަ ދުވަހު އޮންނާނީ ޑުރާމާ ހުށެހެޅުމާއި، ހޮޅުއަށި ސައްލާ ހުށަހެޅުމެވެ.

މި ހަރަކާތް ބޭއްވުމުގެ މަޤްޞަދަކީ ނޫރާނީ ސްކޫލުގައި ކިޔަވަމުން ގެންދާ ދަރިވަރރުންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކޮށް، ދިވެހި އަދަބީ ހުށަހެޅުންތައް، އެ ހުށަހެޅުމަކާ ގުޅޭގޮތަށް ހުށަހަޅަން ދަސްކޮށްދިނުން ކަމުގައި އަދަބީ ގުލްޒާރުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

Sunday, July 21, 2024

ވާހަކަ : ބައިޓަނު ހަމަ ނުވާ އަތްގާޑިޔާ




ބައިޓަނު ހަމަ ނުވާ އަތްގާޑިޔާ

ލިޔުނީ: މުޙައްމަދު ފާހިމް ފަހްމީ


      ހަސަނަކީ ރ.އަތޮޅު ފެނިގެއްލިދާގެއަށް ނިސްބަތްވާ މީހެކެވެ. ހަސަނު އެހެން ދުވަހެކޭ އެއްފަދައިން އަތްގާޑިޔާގަނޑު ދަމަމުން މިސްރާބު ޖެހީ މާރުކޭޓު ދޮށުން މަސައްކަތެއް ހޯދުމަށެވެ. މިދުވަސް ވެގެން ދިޔައީ ހަސަނަށް ނަސީބުވެރި ދުވަހަކަށެވެ.

      ކުއްލިއަކަށް ހަސަނު ފެނިފައި އަލިބޭބެ ނަމަކަށް ކިޔާ ކުލައަލި ބޮޑު މީހަކު ހަސަނު ގާތަށް ދިޔައެވެ. އަލިބޭބެ ބޭނުން ވީ މަރާމާތު ކުރަން ފަށާފައިވާ ގެއަކަށް ބޭނުންވާ ލަކުޑި ކޮޅަކާ ސިމެންތި ކޮޅެއް ގެންނާށެވެ. ނަމަވެސް އެބުނި ސާމާނު ހުރި ތަނާ ހަމައަށް ދެވުނުއިރު ކަމަކު ދާކަށް ނެތެވެ. އޭނާ ގެން ދާން ބޭނުންވާ  3 ލަކުނޑިއާއި، 3 ސިމެންތި ކޮތަޅާއި، 16 ގަނޑު ޓިނު މިކުޑަ ކުޑަ ބައިޓަނު ހަމަ ނުވާ ގާޑިޔާ ގަނޑުގެ މައްޗަށް އެރުވިއެވެ.

      ހަސަނު މިކަމާ ވަރަށް ކަންބޮޑު ވިއެވެ. އަދި އަލިބޭބެ ގާތުގައި ގާޑިޔާއަށް ބަރު ވެދާނެ ކަމަށް ބުންޏެވެ. މިހެން ބުނުމާ އެކު އަލިބޭބެ ލޯއެޅި އެވެ. އަދި ރުޅި އައިސް ހުރެ ބަރު ނުވާނޭ ކަމަށް ބުންޏެވެ. މިކަމާ ހަސަނު ބިރުން ހުރެ އެއްބަސް ވިއެވެ. ހަސަނު ގައިގައި ހުރިވަރެއްލާފައި ކޮއްޕުމުން ވެސް ގާޑިޔާ ގުޑާ ވެސް ނުލިއެވެ. ނަމަވެސް އަލިބޭބެ ބުނީ ކޮއްޕޭނެ ކަމަށެވެ. ކުރާނެ ކަމެއް ނެތުމުން ބައިސްކަލުން ދިޔަ އަލިބޭބެއާ އެއްވަރަކަށް މަޑުމަޑުން ގާޑިޔާ ކޮއްޕަމުން ދިޔައެވެ.

      މިއީ ވަޅު ގިނަ މަގަކަށް ވުމުން މާގިނަ އިރެއް ނުވެ ގާޑިޔާ ވަޅަކަށް ޖަހައި ވެއްޓުނެވެ. އަލިބޭބެގެ ހުރިހާ ލަކުޑި ބުރިބުރިވެ، ސިމެންތި ކޮތަޅު ފެޅި، ޓިނު ބަނޑި ވިއެވެ. އަދި ގާޑިޔާގެ އެއްފުރޮޅު ނެއްޓި މަރާމާތު ކޮށްފައި ހުރި  ތަންތަން ހަލާކުވެ ބޭނުން ނުކުރެވޭވަރު ވިއެވެ. މިކަން މިހެން ދިމާވުމުން އަލިބޭބެ ހަޅޭއްލަވާ ހަސަނަށް މަލާމާތް ކުރިއެވެ.

      މިކަން މިހެން ދިމާ ވުމުން ހަސަނު އަލިބޭބެ ގާތު މަޑު މޮޅި ކަމާ އެކު އަޑު އަހަން ބުންޏެވެ. އަދި އެންމެ ކުރިން ބުނި ވާހަކަ އަޑުއެހި ނަމަ މިކަން މިހެން ނުވާނެއޭ ބުންޏެވެ. މީގެސަބަބުން ދެމީހުންގެވެސް މުދަލަށް ގެއްލުން ލިބި ފައިސާގެ ބޮޑު ގެއްލުމެއް ލިބުން ނޫން އެހެން ކަމެއް ނުވި ކަމަށާއި، ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް އެކަމަކުން ނިކުންނާނެ ނަތީޖާއާއި މެދު ވިސްނަން ޖެހޭ ކަމަށް ބުންޏެވެ.   


އަމިއްލަ ސިޓީ 3




بِسْم الله الرَّحمن الرَّحيم

ފަދަން

  ސ.ހިތަދޫ

 

                       އެކުވެރި މުހްސިނަށް.

                       ހެޔޮދުޢާ ސަލާމަށް ފަހު ލިޔަމެވެ.

                       އަޅުގަނޑު ގެ ޙާލު ރަނގަޅެވެ. އެކުވެރިޔާ ގެ ޙާލު ވެސް ރަނގަޅު ކަމަށް އުންމީދު ކުރަމެވެ.

                       މިދިޔަ ހަފްތާ ގައި އަޅުގަނޑު ވަނީ މާލެއަށް ފޮނުވަން ނިޔާޒު ބޯޓަށް އެއްޗެހިތަކެއް ލާފައެވެ. އޭގެ ތެރޭގައި މުހްސިނަށް ދޭން އަޅުގަނޑު ކުޑަ ފޮށްޓެއް އެޅީމެވެ. އޭގައި ހުންނާނީ އައްޑޫގެ ރަހަތައް އެކުލެވޭ ކާއެއްޗެހިއެވެ. އެ އެއްޗެހި އަޅުގަނޑު ފޮނުވީ، އެކުވެރިޔާއަށް މާލެއިން އެހާގިނަ އައްޑޫގެ ރަހަތައް އެކުލެވޭ ކާއެއްޗެހި ނުލިބޭތީ އެވެ.

                       އަޅުގަނޑު އެއަށް އެޅީ 20 ބޮނޑިއާއި، 10 އައުރުހާއި، 2 ކުޑަގުޅަ ޕެކެޓާއި، 2 ކުޑަ ބަޖިޔާ ޕެކެޓެވެ. މިއީ އެކުވެރިޔާއަށް އައްޑޫގެ ރަހަ ދޭން ފޮނުވާ ހަދިޔާއެކެވެ.

                       މިހަދިޔާ އެކުވެރިޔާއަށް ވަރަށް ކަމުދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ.

ޝުކުރިއްޔާ!

  4 ޖުލައި 2024

އެކުވެރި

(ސޮއި)

ފާހިމް 

Sunday, July 14, 2024

އަމިއްލަ ސިޓީ 2



بسم الله الرّحمن الرّحيم

އިވްނިންގްނާޒް

 ސ.ހިތަދޫ

 

                      އެކުވެރި މުޙްސިނަށް

                      ހެޔް ދުޢާ ސަލާމަށްފަހު ލިޔަމެވެ.

                      އަޅުގަނޑުގެ ޙާލު ރަނގަޅެވެ. އެކުވެރިޔާގެ ޙާލު ރަނގަޅުވާނެ ކަމަށް އުންމީދުކުރަމެވެ.

                     އެކުވެރިޔާއަށް އަޅުގަނޑު ވަނީ ހަދިޔާއެއް ފޮނުވާފައެވެ. އެހަދިޔާއަކީ އައްޑޫގެ ރަހަތައް އެކުލެވޭ ކާއެއްޗެހި އަޅާފައިވާ ފޮށިގަނޑެކެވެ. އެ ފޮށިގަނޑު ހުރީ ނިޔާޒު ބޯޓަށް ލާފައެވެ.

                     އެ ފޮށިގަނޑު އެކުވެރިޔާއަށް ވަރަށް އަވަހަށް ލިބޭނެކަމަށް އުންމީދު ކުރަމެވެ. އަދި އެ ފޮށިގަނޑު ލިބުމުން އަޅުގަނޑަށް އަންގާލާށެވެ.

                    ޝުކުރިއްޔާ!

                    4 ޖުލއި 2024

                                   އެކުވެރި

                                  ( ސޮއި )

                           މުޙައްމަދު ނުހައިކު ބިން ނޫރުﷲ

                  

Saturday, July 13, 2024

މަޢުލޫމާތު ރިޕޯޓު 3

އިނގިލީގެ ނިޝާން-ހާއްސަ ފާހަގައެއް



އަލްޔާން އަކްރަމް ޝައިޚް

ގްރޭޑް 7 (4725) ނޫރާނީ ސްކޫލް

އިނގިލީގެ ނިޝަނަކީ އިންސާނާގެ ހުދުހަމުގައި އުފެދިފައި ހުންނަ އަޑިގުޑަން ނިޝާންތަކެކެވެ. މިއީ އިންސާނުން ދެނެގަތުމުގައި އިނގިލީގެ ނިޝާން ބޭނުންކުރުމަކީ ގަރުނަކަށް ވުރެ ގިނަ ދުވަހު ބޭނުން ކުރަމުން އަންނަ ރަނގަޅަށް ގާއިމްވެފައިވާ އަދި ވަރަށް އިތުބާރު ހުރި ގޮތެކެވެ. އެއީ އިނގިލީގެ ނިޝާނަކީ އިންސާނާ ދުނިޔެއަށް އުފަންވުމުގެ ކުރިން އުފެދޭ ދާއިމީ ފާހަގައަކަށް ވެފައި އެއްވެސް ދެ އިނގިއްޔެއްގެ ނިޝާން އެއްގޮތްނުވާތީއެވެ.

އިނގިލީގެ ނިޝާނުގެ ތާރީޚް

އިނގިލީގެ ނިޝާން ބޭނުންކުރަން ފެށިފައިވަނީ ޤަދީމީ ޙަޟާރަތްތަކުގެ ޒަމާނުން ފެށިގެންނެވެ.ޤަދީމީ ބާބިލުގައި ވިޔަފާރީގެ މުޢާމަލާތްތަކަށް އިނގިލީގެ ނިޝާން ބޭނުންކުރަމުން ދިޔައެވެ.ޒަމާނީ ފޮރެންސިކްސް ދަނެގަތުމަށް އިނގިލީގެ ނިޝާން ބޭނުން ކުރަން ފެށީ 19 ވަނަ ގަރުނުގެ ފަހުކޮޅުގައެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިއެއް ކަމަށްވާ ސަރ ފްރާންސިސް ގަލްޓަން 1892 ވަނަ އަހަރު ޝާއިއުކުރި ފޮތެއްގައި އިނގިލީގެ ނިޝާންތަކުގެ ޚާއްޞަކަމާއި ދާއިމީކަން ތަފްސީލުކޮށް، ފޮރެންސިކް ސައިންސްގައި އެ ނިޝާން ބޭނުންކުރުމުގެ ބިންގާ އެޅިއެވެ.

 އިނގިލީގެ ނިޝާނުގެ ޚާއްޞަ ސިފަތަކާއި ފަރުމާތައް

 އެއްވެސް ދެ ފަރުދެއްގެ އިނގިލީގެ ނިޝާން އެއްގޮތެއް ނުވާނެއެވެ. ޓްވިންސް ކުދިންގެ އިނގިލީގެ ނިޝާން ވެސް ތަފާތު ވާނެއެވެ. މި ޚާއްޞަކަން އުފެދެނީ ދަރިފުޅު ތަރައްޤީވުމުގެ ތެރޭގައި ރިޖްތަކާއި ފަރުމާތައް ކޮމްޕްލެކްސްކޮށް އުފެދުމުގެ ސަބަބުންނެވެ. އިންސާނާގެ މުޅި އުމުރު ދުވަހު އިނގިލީގެ ނިޝާންތަކަށް ބަދަލެއް ނާދެއެވެ.

އިނގިލީގެ ނިޝާންތަކުގެ ތަފާތު އުސޫލު ތަކެއްވެއެވެ.އެންމެ އާންމު އުސޫލު ކަމަށްވާ "ލޫޕްސް" އަކީ ހުރިހާ އިނގިލީގެ ނިޝާނެއްގެ ގާތްގަނޑަކަށް 60%-65 އެވެ. އެމީހުންގެ އެއް ޑެލްޓާ އާއި ކޯރެއް ހުރެއެވެ. ދެވަނަ ބާވަތްކަމުގައި ވާ "ވޯރލްސް" ފަރުމާތަކަކީ ވަށައިގެންވާ ނުވަތަ ސްޕައިރަލް ފަރުމާތަކެކެވެ. މިއީ އިނގިލީގެ ނިޝާންތަކުގެ ގާތްގަނޑަކަށް %30-35 އެވެ. އެމީހުންގެ ދެ ޑެލްޓާ ހުރެއެވެ. އަނެއް ބާވަތަކީ "އާރކްސް" އެވެ. އެންމެ މަދު އާންމު އުސޫލު ކަމަށްވާ "އާކްސް" އަކީ އިނގިލީގެ ނިޝާންތަކުގެ ގާތްގަނޑަކަށް %5 އެވެ. އެއީ ޑެލްޓާތަކެއް ނެތް އަދި ރާޅު ފަދަ ފަރުމާއެއްގެ ސިފަ ލިބިފައިވާ ތަންތަނެވެ.

އިނގިލީގެ ނިޝާން ބޭނުންކުރެވޭ ގޮތް

މި ޒމާނުގައި އިނގިލީގެ ނިޝާން ބަލައިގަނެވިފައިވަނީ ވަރަށް މުހިއްމު އަދި ބޭނުންތެރި އެއްޗެއްގެ ގޮތުގައެވެ. އެގޮތުން މޯބައިލް ފޯނު އެޕްލިކޭޝަންތައް ހުޅުވުމާއި، އެ އެޕްލިކޭޝަން ތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފޮރެންސިކް ބޭނުންތަކަށާއި، ކްރިމިނަލް އިންވެސްޓިގޭޝަން ތަކުގަޔާއި، އަދި އެއްބަސް ވުންތަކުގައި ސޮއި ގެ ބަދަލުގައި ނުވަތަ ސޮޔާއި އެކު ވެސް އިނގިލީގެ ނިޝާން ބޭނުން ކުރެވެމުން ދެއެވެ.

ނިންމުން

ލިބުނު މައުލޫމާތުތަކުގެ އަލީގައި އެނގިގެންދަނީ، ދުނިޔޭގެ ތާރީޚްގައި ގަރުނެއްހާ ދުވަސް ކުރިން އިނގިލީގެ ނިޝާން ބޭނުންކުރިކަމާއި، ތަފާތު ބޭނުންތަކާއި ހާލަތްތަކުގައި އިނގިލީގެ ނިޝާން ބޭނުންކުރެވެމުން އަންނަކަމެވެ. އަދި އިނގިލީގެ ނިޝާނަކީ ވެރިފައި ކުރުމަށްޓަކައި ވަރަށް މުހިއްމު އިތުބާރު ހިފޭ ގޮތެއްކަމެވެ. އެއީ އިނގިލީގެ ނިޝާނަކީ އިންސާނާ ދުނިޔެއަށް އުފަންވުމުގެ ކުރިން އުފެދޭ ދާއިމީ ފާހަގައަކަށް ވެފައި އެއްވެސް ދެ އިނގިއްޔެއްގެ ނިޝާން އެއްގޮތްނުވާތީއެވެ.


ރެފަރެންސް (މައުލޫމާތު ނަގާފައިވަނީ):

ދިވެހި ބަސް ގްރޭޑް 7 : ދަރިވަރުންގެ ފޮތް

https://technews.mv/21567 

Friday, July 12, 2024

މަޢުލޫމާތު ރިޕޯޓު 3

 


އިންސާނުން ފާހަނގަ ކުރުމުގައި އިނގިލީގެ ނިޝާން ބޭނުން ކުރުން

ގުރޭޑު: 7
މުޙައްމަދު ނުހައިކް ބިން ހުސެއިން ނޫރުﷲ
އިންޑެކުސް: 5022

                  އިނގިލީގެ ނިޝާނަކީ އިންސާނާގެ ހުދުހަމުގައި އުފެދިފައި ހުންނަ އަޑިގުޑަން ނިޝާންތަކެކެވެ. އިނގިލީގައި އުފެދިފައި ހުންނަ މި ނިޝާންތައް، ހުދުހަން ދާހިއްލީމައި ބިއްލޫރި ނުވަތަ ދަގަނޑު ފަދަ އޮމާން ތަންތަނުގައި ތައްގަނޑު ޖެހެއެވެ. މި ފަދަ ތައްގަނޑުތައް ހަމަލޮލަށް ނުފެނުނު ކަމުގައިވިއަސް ފޮރެންސިކް ގޮތްތައް ބޭނުންކޮށްގެން މި ނިޝާންތައް ހޯދެއެވެ.

އިނގިލީގެ ނިޝާން ޚާއްސަ ވަނީ ކީއްވެ؟

                   އިނގިލީގެ ނިޝާނަކީ މީހުން ފާހަނގަކުރަން ބޭނުންކުރެވޭ ވަރަށް އިތުބާރު ހުރި ގޮތެކެވެ. އެއީ އިނގިލީގެ ނިޝާނަކީ އިންސާނާ ދުނިޔެއަށް އައުމުގެ ކުރިން އުފެދޭ ދާއިމީ ފާހަނގައަކަށް ވެފައި އެއްވެސް ދެމީހެއްގެ ނިޝާންތައް އެތްގޮތް ނުވާނެއެވެ. އެއްގޮތް ޓްވިންސް އަތުގަ ވެސް އެއް އިނގިލީގެ ނިޝާނެއް ނެތެވެ. އަދި ކޮންމެ މީހެއްގެ ހުރިހައި އިނގިއްޔެއްގެ ނިޝާންތައް އެއްގޮތް ނުވާނެއެވެ. ހުންނާނީ ތަފާތުކޮށެވެ. އަދި އުފަންވާ ދުވަހުން ފެށިގެން މަރުވާންދެން ވެސް އިނގިލީގެ ނިޝާންތައް ހުންނަނީ ހަމަ އެގޮތަށެވެ. ނަމަވެސް ވަރަށް މަދު ބައެއްގެ އަތުގައި އިނގިލީގެ ނިޝާނެއް  ނުހުރެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން އިނގިލީގެ ނިޝާން ބޭނުން ކުރަނީ އެއް ކުށަކާ އަނެއް ކުށަކާ ގުޅުވައިދިނުމަށް އެހީތެރިވުމަށެވެ.

އިނގިލީގެ ނިޝާނުގެ ވައްތަރުތައް:

               އިނގިލީގެ ނިށާންތަކުގައި މައިގަނޑު ތިން ބާވަތެއް ހުރެއެވެ. އެ ތިން ވައްތަރަކީ އާޗް، ވޯލް އަދި ލޫޕްއެވެ. މި ތިނެތިން އެންމެ މަދު ވާނީ އާޗް އެވެ. އަދި އެންމެ ގިނައިން ހުންނަ ސިފައަކީ ލޫޕްއެވެ. އާޗްއަކީ ގާތްގަނޑަށް 5% ނިޝާނުގައި ހުންނަ ސިފައްކެވެ. އާޗްގެ ތަފާތު ވައްތަރުތައް ވެސް ހުރެއެވެ. ވޯލްއަކީ  ގާތްގަނޑަކަށް 35% ނިޝާނުގައި ހުންން ސިފައެކެވެ. ވޯލްގެ ހަތަރު ވައްތަރު ހުރެއެވެ. ލޫޕްއަކީ ގާތްގަނޑަކަށް 60% ނިށާނުގައި ހުންނަ ސިފައެކެވެ. ލޫޕްގެ ވެސް ތަފާތު ވައްތަރުތައް ހުރެއެވެ. މި ތިން ވައްތަރުތައް ވެސް ވަރަށް ގިނަ ތަފާތު ސިފަތަކަށް ބެހިގެންދެއެވެ.    

އިނގިލީގެ ނިޝާން ފާހަނގައެއްގެ ގޮތުގައި ބޭނުންކުރާ ތަފާތު ގޮތްތައް:

              އިނގިލީގެ ނިޝާން ފާހަނގައެއްގެ ގޮތުގައި ވަރަށް ގިނައިން ބޭނުން ކުރެވެއެވެ. އިނގިލީގެ ނިށާން  ފާހަނގައެއްގެ ގޮތުގައި ބޭނުންކުރާ ގޮތްތައް: ވަޒީފާގެ މާޙައުލުގައި ހާޒިރީ ބަލަން، އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތައް ދެނެގަންނަން، މީހުންގެ މަޢުލޫމާތު ރައްކާކުރަން،ކުށުގެ މައްސަލަތައް ތަހިގީގު ކުރަން، ރަށަކަށް އަރާ/ ރަށަކުން ފުރާ މީހުން ދެނެގަންނަން، ފޯނު ނުވަތަ އައިޕެޑު ފަދަ ޑިވައިސްތަކަށް ވަންނަން، ކުށްވެރިން ދެނެގަންން، ހުއްދަދެވިފައިވާ ފަރާތްތައް ތަންތަނަށް ވަންނަންށެވެ.

               އިނގިލީގެ ނިޝާނަކީ އިންސާނުން ފާހަގަކުރުމުގައި ބޭނުންކުރެވޭ ގޮތްތަކުގެ ތެރެއިން ވަރަށް ޚާއްސަ ގޮތެކެވެ. ވަރަށް އިތުބާރުކުރެވޭ ގޮތެކެވެ. އެއްވެސް ގޮތަކަށް ވަގަކަށް ނުނެގޭނެ އެއްޗެކެވެ. ކޮޕީ ނުކުރެވޭނެ އެއްޗެކެވެ. އެންމެ އިންސާނެއްގެ އެންމެ އަތެއްގެ އިނގިއްޔެއްގައި ހުންނަ އެއްޗެކެވެ.

އަމިއްލަ ސިޓީ 1

 



بسم الله الرّحمن الرّحيم

އިވްނިންގްނާޒް                                                                                         ސ. ހިތަދޫ                                                      

 

            އެކުވެގަރި އަބްރާރަށް                      

            ހެޔޮ ދުޢާ ސަލާމަށްފަހު ލިޔަމެވެ.

            އަޅުގަނޑުގެ ޙާލު ރަނގަޅެވެ. އެކުވެރިޔާގެ ޙާލު ކިހިނެތް ހެއްޔެވެ؟ އެކުވެރިޔާގެ ޙާލު ރަނގަޅު ވާނެ ކަމަށް އުންމީދުކުރަމެވެ.

           ސ. ހިތަދޫގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ ގުޑިއެރުވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ވަނީ ލިބިފައެވެ. އަޅުގަނޑަށް ގުޑިއަރުވަން އިނގެއެވެ. ނަމަވެސް އަޅުގަނޑު އެހާ މޮޅެއް ނޫނެވެ.

             އެހެންވީމާ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު ގަޑީގައި އަޅުގަނޑަށް ޓުރެއިނިން ކުލާސްތަކެއް ނަގައި ދެވިދާނެ ހެއްޔެވެ؟

             އަޅުގަނޑު އުންމީދުކުރަނީ ޓުރެއިނިން ކުލާސްތައް ނަގައިދޭނެކަމަށެވެ. އަދި ސިޓީގެ ޖަވާބު ވަރަށް އަވަހަށް ފޮނުވާނެކަމަށް އުންމީދު ކުރުމެވެ.

              ޝުކުރިއްޔާ!

              24 ޖޫން 2024

                                   އެކުވެރި

                                   (ސޮއި)

                           މުޙައްމަދު ނުހައިކު ބިން ނޫރުﷲ

                   

 

 

މަޢުލޫމާތު ރިޕޯޓު 2

 އިންސާނުން ފާހަނގަކުރުމުގައި އިނގިލީގެނިޝާން ބޭނުން

ގުރޭޑު 7 އޭ

އިންޑެކުސް: 4600

މުޙައްމަދު ފާހިމް ފަހްމީ

 އިނގިލީގެ ނިޝާނަކީ މީހުންގެ އަމިއްލަވަންތަކަން ދެނެގަތުމަށް ބޭނުންކުރާ ޒަމާންވީ ބަޔޯމެޓްރިކް އެކެވެ. އެއީ އިނގިލީގެ ނިޝާނަކީ އިންސާނާ ދުނިޔެއަށް އުފަންވުމުގެ ކުރިން އުފެދޭ ދާއިމީ ފާހަގައަކަށް ވެފައި އެއްވެސް ދެ އިނގިއްޔެއްގެ ނިޝާން އެއްގޮތްނުވާތީއެވެ.

އިނގިލީގެ ނިޝާން ބޭނުން ކުރަން ފެއްޓީ ކޮންއަހަރަކު ހެއްޔެވެ؟

އިނގިލީގެ ނިޝާން އެންމެ ފުރަތަމަ ދުނިޔޭގައި ބޭނުން ކުރަން ފަށީ 1892 ވަނަ އަހަރުގައެވެ. އިނގިލީގެ ނިޝާން ހޯދައިފާވަނީ އާރޖެންޓީނާގެ ޗީފް ފުލުސް އޮފިސަރެއް ކަމަށްވާ ޖުއަން ވުސެޓިޗް އެވެ. އޭނާގެ މިހޯދުން އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ ކްރައިމް ސީން ތަކުގެ ފޮރެންސިކް ބޭނުން ތަކަށެވެ. އަދި އެންމެ ފުރަތަމަ އިނގިލީގެ ނިޝާން ރައްކާ ކުރަން ބޭނުން ކޮށްފައިވާ އުސޫލަކީ ކުއްވެރިންގެ އިނގިލީގެ ނިޝާން ފައިލް ތަކުގައި ރައްކާ ކުރުމެވެ.

އިނގިލީގެ ނިޝާން ބޭނުން ކުރަނީކިހިނެއް ހެއްޔެވެ؟

މި ޒމާނުގައި އިނގިލީގެ ނިޝާން ބަލައިގަނެވިފައިވަނީ ވަރަށް މުހިއްމު އަދި ބޭނުންތެރި އެއްޗެއްގެ ގޮތުގައެވެ. އެއީ އިނގިލީގެ ނިޝާނަކީ ދިރިއުޅުމުގެ ތަފާތު ޙާލަތްތަކުގައި ވަރަށް ގިނަ ކަންކަމުގައި ބޭނުންކެރެވޭ މުހިއްމު އެއްޗަކަށް ވާތީއެވެ. އެފަދަ ބޭނުންތަކަކީ މިޒަމާނުގައި ތަރައްގީވަމުން އަންނަ ޓެކްނޮލޖީގެ އާ ވަސީލަތްތަކާއި ގުޅި ލާމެހިފައިވާ ބޭނުންތަކަކަށް ވުމާއި ގުޅިގެން ވަރަށް މުހިންމު ގޮތްތަކެކެވެ. އޭގެ ތެރޭގައި މޯބައިލް ފޯނު އެޕްލިކޭޝަންތައް ހުޅުވުމާއި، އެ އެޕްލިކޭޝަން ތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފޮރެންސިކް ބޭނުންތަކަށާއި، ކްރިމިނަލް އިންވެސްޓިގޭޝަން ތަކުގަޔާއި، އަދި އެއްބަސް ވުންތަކުގައި ސޮއި ގެ ބަދަލުގައި ނުވަތަ ސޮޔާއި އެކު ވެސް އިނގިލީގެ ނިޝާން ބޭނުން ކުރެވެމުން ދެއެވެ.

އިނގިލީގެނިޝާން ބޭނުންކުރުމުން މައްސަލަޖެހޭ ހެއްޔެވެ؟                       

މިފަދަ ބޭނުންތެރި މުހިއްމު ވަސީލަތެއް ބޭނުންކުރުމުގައި މަދުން ނަމަވެސް ދިމާވެދާނެ އުނދަގޫތަކާއި ދަތިތަކެއް ހުރި އިރު ނުރައްކާތެރިކަން ވެސް އެހާ ބޮޑެވެ. އެގޮތުން ފާހަގަ ކުރެވޭ އެއް ކަމަކީ މީސް މީހުންގެ ނަމުގައި ފޭކް އިނގިލީގެ ނިޝާން ބޭނުންކޮށްގެން ފޭކް ލިޔެކިޔުންތައް އުފައްދައިގެން މަކަރާއި ހީލަތް ހަދާ އޮޅުވާލުމެވެ.

މިކަމުން އެނގިގެންދަނީ، ދުނިޔޭގެ ތާރީހް ގައި ގަރުނެއްހާ ދުވަސް ކުރިން އިގިލީގެ ނިޝާން ބޭނުންކުރިކަމާއި، ތަފާތު ބޭނުންތަކާއި ހާލަތްތަކުގައި އިނގިލީގެ ނިޝާން ބޭނުންކުރެވުނު ކަމާއި، އަދި މި މުހިއްމު ވަސީލަތް ބޭނުންކުރުމުގައި ދިމާވެދާނެ ދަތިތަކާއި އުދަގޫތަކުގެ އިތުރުން ނުރައްކާތެރި ކަން ހުރި ކަމެވެ. އަބަދުވެސް ތިމާ ވިސްނަން ވާނީ ކޮންމެ ހިދުމަތަކާއި ވަސީލަތެއް ބޭނުން ކުރި ކަމުގައި ވިޔަސް އެކަމަކުން ލިބޭނެ ފާދައިތަކާއި އެކު ގެއްލުންތަކެއް ވެސް ހުރެދާނެ ކަމަށް ވިސްނައިގެންނެވެ.


މަޢުލޫމާތު ރިޕޯޓު 1

 

އާފަލު ކެއުން ރަނގަޅު ނޫން ގަޑިތައް

ގުރޭޑު:  7 އޭ

4600 އިންޑެކުސް:

މުޙައްމަދު ފާހިމް ފަހްމީ

    އާފަލަކީއަހަރެމެންގެ މުޖުތަމަޢުގައި ވަރަށް މަޤުބޫލު ވެފައިވާ މޭވާއެކެވެ. މިމޭވާއަކީ ހަށިގަނޑަށް ލިބޭފައިދާ ގިނަ މޭވާއެކެވެ.ގިނަމީހުން މިމޭވާ ކާލަނީ ވަކި ގަޑިއެއް ބަލައިނުލައެވެ.

ރޭގަނޑު ނިދުމުގެ ކުރިން އާފަލު ކެއުން ރަނގަޅު ހެއްޔެވެ؟

    ރޭގަނޑު ވަގުތު އާފަލު ކެއުމަކީ ހަށިގަނޑު ގެ ގުނަވަންތައް 'އެކްޓިވް' ވެ ނިދަން އުނދަގޫ ވާކަމެކެވެ. މިކަންމިހެން ދިމާވަނީއާފަލުގައި ހިމެނޭފްރުކްޓޯޒް އަކީ ހަށިގަނޑު ހަރަކާތަތެރިކޮށް ހަކަތަ އިތުރު ކުރާ މާއްދާ އަކަށް ވުމުގެ ސަބަބުންނެވެ.މީގެ އިތުރުން މިމޭވާގައި ގިނަ އަދަދަކަށް ހުރެއެވެ.މީގެސަބަބުން ބަނޑުހައި ވުމަށް ދިމާވެއެވެ.އެހެންކަމުން އާފަލު ރޭގަނޑު ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކެއުމަށް ފަހު އާފަލު ކެވިދާނެ ހެއްޔެވެ؟

    އާފަލަކީ ހަޖަމުކުރުމުގެ ނިޒާމަށް އަސަރު ކުރުމާއެކު ހަކުރުގިނައިން ހުންނަ މޭވާއެކެވެ.އެހެންކަމުން ކެއުމަށް ފަހުއާފަލު ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވެ ކާއެއްޗެހި ހަޖަމުވުން ލަސްވެގެން ދެއެވެ. އެއާއެކު ކެއުމަށް ފަހު އާފަލު ކެއުން އެންމެ ރަނގަޅީ، ދެ ގަޑިއިރު ފަހުންނެވެ.

ހަވީރު އާފަލު ކެއުން ރަނގަޅު ހެއްޔެވެ؟

    ހަވީރު އާފަލު ކެއުމުން ރޭގަނޑު ނިދަން އޮންނަ އިރު ބަނޑަށް އުނދަގޫވެއެވެ.އަދި އާފަލުގައި ހުންނަ ހަކުރުގެ ސަބަބުން ނިދުމަށް ބުރޫ އަރައެވެ. މީގެ އިތުރުން ހަވީރު އާފަލު ކެއުމަކީ އެސިޑިޓީ،ގޭސް ނުވަތަ ބަނޑުގައި ރިއްސުން ކުރިމަތިވާކަމެކެވެ. އެހެންކަމުން ހަވީރު ވަގުތުއާފަލު ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

    އާފަލަކީ އަހަރުމެން ގިނައިން ކާއެއްޗަކަށްވާތީ އެ މޭވާ ކާން އެންމެ ރަނގަޅު ވަގުތު ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި އާފަލު ކެއުން އެންމެ ރަނގަޅީ ހެނދުނެވެ. މިކަމަށް ސަމާލުވުމަކީ މުސްތަޤުބަލުގައި ހަށިގަނޑަށް ލުއި ފަސޭހަލިބުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެއެވެ.