Thursday, August 29, 2024
Sunday, August 25, 2024
Saturday, August 24, 2024
ދަތުރުގެ ރިކައުންޓު
ދަތުރުގެ ރިކައުންޓު
މައިރާ ޝަނުމް އަޒްމީ
- ގުރޭޑް 2
އެ ދުވަހުން ހުކުރު
ދުވަސްގަ ދިޔައީ ހޮޓެލަށެވެ. ހޮޓަލަ ގޮސްފަ ކޮޓަރިއަށް ދިޔައިއެވެ. އޭގެ ފަހުން
ޕޫލަށް ދިޔައެވެ. ޕޫލުން އަސްފަ ފެންވެރީއެވެ. ފެންވަރައިގެން ދުވަން ދިޔައިއެވެ.
އެންމެ ފަހުން ގެޔަށްދިޔައެވެ.
Sunday, August 18, 2024
ރިކައުންޓު: އެންމެ ހިތާމަވެރި ހާދިސާ
އެންމެ
ހިތާމަވެރި ހާދިސާ
އައިޝަތު ރޫފީ ޙަލީމް – ގުރޭޑު 7
7 ޑިސެމްބަރު
2018 ވީ ދުވަހުގެ ހެނދުނު 9:00 ޖެހީއެވެ. ހެނދުނު ސައިބޯންވެގެން ޕާން
ޓޯސްޓުކުރަން ތަވާ ހޫނުކުރަން ވެގެން އުދުންމައްޗަށް އޭތި އަރުވާފައި އަހަރެން ކޮޓަރިއަށް
ވަނީމެވެ. އިރުކޮޅެށް ނުވަނީސް ދުންވަހެއް ދުވައިގެން ބަދިގެއާއި ދިމާއަށް ދުއްވައިގަތީމެވެ.
އުދުން ނިއްވާލަން ބެލިއިރު އުދުންހުރީ ނިއްވާފައެވެ.
ނަމަވެސް އުނދުން ކައިރީގައި އޮތް އަތްދޮށުގައި ވަނީ އަލިފާންރޯވެފައެވެ. އަވަސް
އަވަސްކޮށްލައިގެން އަލިފާން ނިއްވަން އުޅެގަތްތަނާ ވަރަށް ބާރު އަޑެއް ކިޔައި ގޭސްފުޅި
ގޮވައިގެން ދިޔައެވެ. އެއަޑަށް އަހަރެން ސިއްސައިގެން ދިޔަވަގުތު ކޮންމެ ވެސް
ގޮތަކަށް އެ އަހަރެންގެ އަތުގައި އަލިފާން ރޯވިއެވެ. ގަތް ބިރުން ހުއްޓުންއަރާފައި
ހުއްޓާ މުޅި ބަދިގޭގައި ކަހަލަ ގޮތަކަށް
ބަދިގޭގައި އަލިފާންހިފައި ފުރާޅު ބޯމައްޗަށް ފައިބަނީއެވެ.
އެއީ ބޭބެ ބޭރުގައި ހުރެފައި ގެއަށް އައި
ވަގުތެވެ. ނަސީބު ރަނގަޅު ކަމުން ބޭބެއަށް މި މަންޒަރު ފެނުނެވެ. އަވަސް އަވަހަށް
ގޭތެރެއަށް ވަދެ އަހަރެން ހޯދުމުގެ މަސައްކަތް ބޭބެ ފެށިއެވެ. ބޭބެ އަހަރެންނަށް
ގޮވާ އަޑު އިވުމުން އަހަރެން ވެސް ހިތްވަރުކޮށް ބޭބެއަށް ގޮވީމެވެ. އަހަރެން ފެނުމުން
އަވަސް އަވަހަށް އަތުގައި ރޯވެފައި ހުރި އަލިފާން ނިއްވައި ބަދިގެއިން ނެރެގެން
ބޭރަށް ގެންދިޔައެވެ. އޭގެފަހުން ވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ.
ނަސީބު ގަދަކަމުން އަވައްޓެރި މީހުންނަށް
ދުންވަސް ދުވައިގެން ބޭރަށް ގޮސްފައި ރޯވާތަން ފެނިފައި ފުލުހުންނަށް ގުޅިއެވެ.
އަހަރެމެން ބޭރަށް ނުކުމެ އިރުކޮޅެއް ނުވަނީސް އެންބިއުލާންސާއި ފަޔާ
ފައިޓަރުންނާއި ފުލުހުން އައިސް އަލިފާން ނިއްވިއެވެ. އަހަރެން އެމްބިއުލާންސަށް
ލާފައި ހޮސްޕިޓަލަށް ގެންދިއައެވެ.
ހޮސްޕިޓަލުގައި ޑޮކްޓަރުން ބުނުއްވި ގޮތުގައި
އަޅުގަނޑުގެ އަތް ދެން ރަނގަޅެށް ނުވާނެއެވެ. އެއީ އެހާ ގިނަވަގުތު އަލިފާން
އަތުގައި ރޯވެފައި ހުރުމުން އަތް މުޅިން އަނދާފައިވާތީއެވެ. އަހަރެން ވަރަށް ދެރަ
ވިއެވެ. އެއީ ބާސްކެޓުބޯޅަ ކުޅުން ތެރިއަކަށް ވުމަކީ އަހަރެންގެ އުންމީދެކެވެ.
ނަމަވެސް މިހާރު އަހަރެންގެ ހުވަފެން ކާމިޔާބުވާގޮތެއް ނުވިއެވެ.
އޭރު އަހަރެންގެ އުމުރުން ދިހަ އަހަރެވެ.
މިހާރު އަހަންނަށް ސަތާރަ އަހަރުވެއްޖެއެވެ. އެއަތުގެ ބަދަލުގައި މިހާރު
އަހަރެންގެ ހުންނަނީ މަސްނޫއީ އަތެއް ޖަހާފައެވެ. ނަމަވެސް އެދުވަހުގެ ހަދާންތައް
އަތް ނެތުމުން ސިކުޑީގައި އަބަދާ އަބަދު ހިނގާ ހިނގާ ހުރެއެވެ.
Saturday, August 17, 2024
ބައޮގުރަފިކަލް ރިކައުންޓު: މަޝްހޫރު ކޭކު އެޅުންތެރިޔާ ނާޝިޔާ މުޙައްމަދު
މަޝްހޫރު ކޭކު
އެޅުންތެރިޔާ ނާޝިޔާ މުޙައްމަދު
އައިޝަތު ރޫފީ ޙަލީމް
– ގުރޭޑު 7
ކޭކުއެޅުމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަ
ކުރެވޭ ޒުވާން މަޝްހޫރު ކޭކުއެޅުންތެރިޔަކީ ސ.ދޮންދީނިހެރަ ރޯޝަނީގެ ނާޝިޔާ
މުޙައްމަދެވެ. 1994 ޖުލައި 31 ގައި އުފަންވި ނާޝިޔާ މަޝްހޫރުކޮށް ކިޔާ އުޅުނީ
"ނަޝާ"ގެ ނަމުންނެވެ.
ނަޝާގެ އެންމެ ފުރަތަމައަށް ކޭކު އެޅުމުށް
ލޯބި ޖެހުނީ ގޭގައި މަންމަ ކޭކު އަޅާތަން ދެކިފައެވެ. އެންމެ ފުރަތަމަ ކޭކު
ފިހުމަށް ދަސްކޮށްފައި އައިސިން ވެސް ހަދަން ދަސްކުރިއެވެ. އޭގެ ފަހުން ކޭކޭ
އެޅުމުގެ ތަފާތު އުކުޅުތަކާއި ރަހަތަށް ދަސްކުރިއެވެ.
އެހެން މީހުން ނަޝާގެ ހުނަރު ދެނެގަތީ ކޭމްޕުތަކުގައްޔާއި
ސްކޫލުގައި ބާއްވާފައިވާ ކޭކުއެޅުމުގެ މުބާރާތްތަކުން ދެވަނާއި އެންމެ ރީތި މީރު
ކޭކުގެ މަގާމު ލިބިގެންދިޔުމުގެ ތެރޭގައެވެ. މީގެ ސަބަބުން ނަޝާގެ މުދައްރިސުން
އެނާ އައްޑޫގައި ބޭއްވި "ބޭކްއޮފް ކޭކު" ގައި ބައިވެރިކުރިއެވެ. އެ
މުބާރާތުން އެންމެ މީރު ކޭކުގެ މަގާމާއި މުބާރާތުން ތިންވަނަ ލިބިގެން ދިޔައެވެ.
އަދި މެލޭޝިޔާގައި ބޭއްވި މުބާރާތެއްގައި ބައިވެރިވެ އެއްވަނަ ހޯދައިފައިވެއެވެ.
މިހުރިހާ ވަނަތަކުން ހިތްވަރުލިބި ކޭކު އެޅުމަށް އޮތް ލޯބި ބޮޑުވެ ސްކޫލު ނިންމައި ކޭކުއެޅުމުގެ ކުލާސްތަކެއް ހުޅުވިއެވެ. އެންމެ ފުރަތަމަ ގާތް ތިމާގެ މީހުންނަށް ދަސްކޮށްދިނެވެ. އޭގެ ފަހުން ރަށުގެ މީހުންނަށް ވެސް ދަސްކޮށްދިނެވެ. އޮންލައިންކޮށް ވެސް އެހެން ރަށްތަކަށާއި ބޭރު ޤައުމުތަކަށް ވެސް ދަސްކޮށްދިނެވެ.
ނަޝާގެ އުންމީދަކީ މޮޅު ކޭކު އެޅުމަށް ލޯބި
ކުރާ މީހުން އުފެއްދުމެވެ. އޭނާއަށް އެހެން މީހުންނަށް އޭނާ ލޯބިކުރާ ހުނަރު
އެހެން މީހުންނަށް ދަސްކޮށްދެވޭތީވެ އޭނާ ވަރަށް އުފާވިއެވެ.
ބައޮގުރަފިކަލް ރިކައުންޓު: އިސްމާއީލް މުޙައްމަދު
އިސްމާއީލް މުޙައްމަދު
އައިޝަތު ރޫފީ ޙަލީމް - ގުރޭޑު 7
ފެހުމުގެ
ދާއިރާއިން އިސްދޫގައި ފާހަގަ ކުރެވޭ ފެހުންތެރިޔަކީ މ.އިސްދޫ މައިމަލާގެ
އިސްމާއީލް މުޙައްމަދެވެ. 13 މާރިޗު 1993 ގައި އުފަންވި އިސްމާއީލަކީ ކުޑައިރުއް
ސުރެ ފެހުމަށް ލޯބިކުރާ ކުއްޖެކެވެ.
ފަހަން
އެންމެ ފުރަތަމަ ދަސްކުރީ އޭނާގެ މާމަ ގާތުން ޢުމުރުން އެންމެ ނުވަ އަހަރުގައެވެ.
އެންމެ ފުރަތަމަ މާމައަށް ރޮދިތަށް ކޮށައި ހެދުންތަކުގައި ގޮށްއަޅައި ގޮށްވަޅު
ހެދުމުގައި އަތްގާތް ކޮށްދިނެވެ. ގޭގައި ހުންނަ ވަގުތުތަކުގައި މާމަ ފަހާތަން
ފެނިފައި އެކަމަށް ޝައުގު އުފެދިގެން މާމަގާތުން ފަހަން ދަސްކުރިއެވެ.
ފެހުމުގެ
މަސައްކަތުގައި އެހެން އުޅެމުން ދަނިކޮށް މާމަގެ ލޮލަށް ބައްޔެއްޖެހުނެވެ.
ޑޮކްޓަރުން ބުނިގޮތުގައި މާމަގެ ލޯ ރަނގަޅެއް ނުވާނެއެވެ. މިހެން ކަމުން މާމަ
ފެހުމުގެ މަސައްކަތް ހުއްޓާލަންޖެހި އިސްމާއީލް އެކަމަށް ހަވާލުވާން ޖެހުނެވެ.
މިގޮތަށް
މަސައްކަތް ކުރުމުން ފެހުމުގެ ދާއިރާއިން ރަނގަޅު ވަމުން އިސްދޫގެ އެންމެން ދަންނަ
ފެހުން ތެރިޔަކަށް ވެގެންދިޔައެވެ. މި ގޮތަށް ފަހަމުން ގޮސް އަމިއްލަ ތަނެއް ހޯދުމަށް ބޭނުންވިއެވެ. މާމަގެ
މަސައްކަތުން ލިބުނު ފައިސާއިން އަމިއްލަ ތަނެއް ހޯދިއެވެ. އޭގެ ފަހުން ވަރަށް
ރީތި މޮޅު އުފެއްދުންތެރި ހެދުންތަކެއް ފަހަން ފެށިއެވެ. ރަށުގެ ގިން މީހުންގެ
ޕާޓީތަކާއި ބޭރުގެ ވެސް ހެދުން ފަހައިދިނެވެ.
މިހާރު
ހުރިހާ އުމުރެއްގެ މީހުންނަށް ފަހަން ދަސްކޮށްދޭ ކޯސްތަކެއް އޭނާގެ ފަހާތަނުގައި
ހިންގަމުން ދެއެވެ. އޭނާ ބޭނުންވަނީ ފެހުމުގެ ދާއިރާއިން އުފެއްދުންތެރި
ފެހުންތެރިން އުފެއްދުމެވެ.
ކުނި ނައްތާލުން
ކުނި ނައްތާލުން
އަލްޔާން އަކްރަމް ޝައިހް – ގްރޭޑް 7
ކުނިގިނަކަމޭ ކުނިގިނަކަމޭ
ކުނިމަދުކުރަން އެންމެންހިނގާ
ކުނިގިނަވުމުން އުނދަގޫވެޔޭ މިކަމަށް
ސަމާލުވަމާ ހިނގާ
ގޮނޑުދޮށްތަކުން ފެނިގެންދަނީ
މީހުންއުކާލާ ކުނިތަކޭ
ގޮނޑުދޮށްތަކާ ފަރިފަޅުފަޅުން ކުނިތައްނަގަން
އެންމެންހިނގާ
ކަނޑުގާވިނަލަ ގަސްތަކުތެރޭ
ފެނިގެންދަނީ ހަމަކުނިތަކޭ
ކަނޑުގައިވި
ދިރުމަށް ވިސްނަމުން މިކަމަށްސަމާލުވަމާ ހިނގާ
ކުނިގިނަވުމުން އުނދަގޫވެޔޭ
މިވެށީގަވާހާ އެންމެނަށް
ކުނިމަދުކުރަން އެންމެންއެކީ
ހިތްވަރުލަމުން އުޅެމާހިނގާ
އެއްލާނުލާށޭ ތަންތަނަށް
ފުޅިއާކޮތަޅު ގެއްލުންމިދޭ
އެއްލީމަވާ ގެއްލުންތަކަށް ހޭލުންތެރިވެ
އުޅެމާހިނގާ
އެންމެންއެކީ އުޅެވިއްޖެނަމަ
މީވާނެކަމެކޭ ހަމަޔަގީން
އެންމެންއެކީ އެއްރޫހުގައި
ކުނިމަދުކުރަން އުޅެމާހިނގާ
ބަޠަލުން
ބަޠަލުން
މުޙައްމަދު ފާހިމް
ފަހްމީ - ގްރޭޑް 7
ބަޠަލުންނަކީ ލިބިފައިއެވާ
ރަންތާޖެކޭ ފޮނިޤައުމަކަށް
ބަޠަލުންނަކީ ޤައުމަށްޓަކައި މިނިވަންބިމެއް
ދެމެހެއްޓުމަށް
ލޭކޯރުތައް ފަތުރާލަމުން
ބަޑިތަކުގެއަޑު ނައްތާލަމުން
ފޭރެންނުދީ
ދީނަށްޓަކައި ހިތްދަތިކަމެއް ނައްތާލުމަށް
ތާރީހުގައި ރަންއަކުރަކުން
އެޅިފައިއެވާ ބަޠަލުންނަކީ
ރާއްޖޭގެމި
ޒިކުރާގެމާ ފޮޅިފައިއެވާ ބަޠަލުންގެމީ
ސާދާކަމާ އުފަލާއެކީ
ދިރިއުޅުމަކަށް ޤުރުބާނަކީ
ފާހިޝްކަމެއް ނެތިފައިއެވާ ފެހިޤައުމެކޭ
ލިބިފައިވަނީ
ބަޠަލުންނަކީ އަޒުމާއެކީ
ފަހުވަގުތުއައިސް ބައްދަލުވުމަށް
ބަޠަލުންނަކީ
ކެރިގެންއެވާ ލަޝްކަރެކެވީ ކެތްތެރިކަމަށް
ބަޠަލުންނަކީ ޤައުމެއްގަވާ
އަގުނުކުރެވޭ ދަހަނާއެކޭ
ބަޠަލުންނަކީ
ފެހިލަންމަތީ ދެމެހެއްޓުމަށް ދިދައެއްފެނޭ
Saturday, August 10, 2024
އަލްޔަސްގެ އުފަންދުވަސް
އަލްޔަސްގެ އުފަންދުވަސް
އަލްޔަސް ނާސިޙު – ގުރޭޑު 1
މިއަދަކީ އަލްޔަސްގެ އުފަންދުވަހެވެ.
ހަދިޔާ ނުލިބުނީތީ ވަރަށް ދެރަވިއެވެ.
މަންމަ ބޮޑު މަހެއް ދެއްވިއެވެ.
އަލްޔަސް ވަރަށް އުފާވިއެވެ.
Monday, August 5, 2024
މައިންބަފައިންނާ ޒުވާބު ކުރުމުގެ ސަބަބުން ކުދިންނަށް ކުރާ އަސަރުތައް
މައިންބަފައިންނާ ޒުވާބު ކުރުމުގެ ސަބަބުން
ކުދިންނަށް ކުރާ އަސަރުތައް
ލިޔުނީ: ފާތިމަތު މާސާ އަޙްމަދު – ގުރޭޑު 7
މިހާރަކަށް އައިސް
ގިނަ ގޭގޭ އާއިލާ
މައިންބަފައިންނަކީ އަބަދު ކޮންމެވެސް
ކަމަކާ ތޮޅެފޮޅެ ޒުވާބުކުރާ
ބައިންނެވެ. މީގެ ސަބަބުން ގޭގެ
މާޙައުލު ނާމާން މާޙައުލަކަށްވެ ކުދިންނަށް އެތަށް
ނޭދެވޭ އަސަރެއް ކުރެއެވެ.
މީގެތެރޭގައި ޖިސްމާނީ އަދި
ނަފްސާނީ ބަލިތަކާ
ކުރިމަތިލާން ޖެހެއެވެ. ކުދިންގެ ސިކުނޑިތެރޭގައި އެކިކަހަލަ
ނޭދެވޭ ޙޔާލުތައް އުފެދެއެވެ.
ގޭގެ މާޙައުލަކީ އަބަދު ޒުވާބުކޮށް ތޮޅޭ މާޙައުލަކަށް ވާނަމަ ކިޔެވުމުށް ޝައުގުވެރިކަމެއް ނޯއްނާނެއެވެ. މީގެތެރޭގައި މައިންބަފައިން ރުޅި އެރުމުގެ ސަބަބުން އެކި ޙޔާލުތައް އުފެދިގެން ކުދިންނަށް ފިލާވަޅުގައި ބައިވެރިވުމަށް ދަތިވާނެއެވެ. އެއީ ސިކުނޑިތެރޭގައި ނުބައި ޙިޔާލުތައް ގިނަވަމުން އެހެން އެއްޗަކާމެދު ނުވަތަ ކިޔެވުމާ މެދު ވިސްނުމަށް ދަތިވާނެެއެވެ. މީގެ ސަބަބުން އެކުދިންނަކީ އެއްޗެއް ނޭނގޭ ނުވަތަ ސިކުނޑީގެ މައްސަލަ ހުންނަ ކުދިންނަށް ވެދާނެއެވެ. އެއީ މައިންބަފައިން ކުރާ ޒުވާބުގެ ސަބަބުންވާކަމެކެވެ.
މައިންބަފައިން އަބަދު ތޮޅެގެން ޒުވާބުކޮށް ނުބައި މިސާލުދައްކާ ނަމަ ކުދިން އެހެން މީހުންނަށް ކުރާ އިތުބާރު ގެއްލިގެން ދާނެއެވެ. އެކުދިންގެ އަމިއްލަ މައިންބަފައިން އެކަހަލަ މިސާލު ދެއްކީމަ އެހެން މީހަކަށް އިތުބާރު ކުރުމުގައި ކުދިން ފަސްޖެހޭނެއެވެ. މައިންބަފައިންގެ ދެމެދުގައި އެއްވެސް ލޯއެއްބެއް އިތުބާރެއް ނެތުމުގެ ސަބަބުން ކުދިނެންށް ލިބެންޖެހޭ ވަރަށް ލޯބި ނުލިބޭނެއެވެ.ބޭނުންވާވަރަށް ލޯބި ނުލިބުމުންނާއި އަބަދު ލޯކުރިމަތިން ފެންނަ މައިންބަފައިންގެ ހަނގަރާމަތައް ފެނުމުގެ ސަބަބުން ކުދިންގެ ސިކުނޑިއަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ކުޑައިރުއްސުރެ ކުދިންނަށް ފެނެމުން އަންނަ މިސާލުތައް ކުދިން ގަބޫލުކުރާނީ އެއީ އެއްމެންގެ ކިބައިގައި ހުންނަ މިސާލެއްކަމަށެވެ. އަދި ކުދިން އެހެން މީހުންނަށް ކުރާ އިތުބާރު ގެއްލުމުން ސިކުނޑިތެރޭގައި ދޮގު ޙިޔާލުތައް އުފެދިގެންދާނެއެވެ. އަދި މައިންބަފައިނަށް ކުރާ އިތުބާރުވެސް ގެއްލޭނެއެވެ.
ކުޑަިރުއްސުރެ ބާލިޣުވާ އުމުރާ ހަމައަށް މައިންބަފައިންގެ ނުބައި މިސާލު ފެނުމުން ކުދިން އެންޒައެޓީ އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަބަދު ކަންފަތަށް ހަޅޭއްލެވުމާއި ޒުވާބުކުރުމުގެ އަޑުތައް އިވުމުން ގޭގެ މާޙައުލަކީ އަމާން އެއްބައިވަންތަ މާޙއުލަކަށް ކުދިންނަކަށް ނުވާނެއެވެ. މީގެ ސަބަބުން މީހުންނާއި އެކު އުޅުމަށް ދަތިވެ ކުދިން އެކަނިވެރިވާނެއެވެ. އަދި މައިންބަފައިންގެ ލޯބި ނުލިބުމުން އެކަނިވެފަ އަބަދު ސޯޝަލް މީޑިއާގެ ދުނިޔޭގަި އުޅެމުންގޮސް އަސްލު ދުނިޔެއިން މަޑުމަޑުން ދުރަށް ދާނެއެވެ. އަދި މީގެ ސަބަބުން ވެސް ކުދިންނަށް އަސަރު ކުރާނެއެވެ. އެންޒައެޓީ ފަދަ ބަލިތައް ޖެހެނީ ކުދިން އަބަދު އެކަނިކޮށްފަ އެކަހެރި ކޮށްފަ ތިބެ މައިންބަފައިންގެ ކިބައިން ފެންނަ މިސާލުތަކުގެ ސަބަބުނެވެ.
އެހެންކަމުން ކުދިން ކުރިމަތީގައި
މައިންބަފައިން ކުރާ ކޮންމެ
ޢަމަލަކީ ރަނގަޅު ނުވަތަ ނުބައި
ޢަމަލަކަށް ވިޔަސް އެޢަމަލުގެ
ސަބަބުން ކުދިންނަށް އަސަރު
ކުރާނެއެވެ. މިގޮތުން ކުދިން
ކުރިމަތީގައި ޒުވާބުކޮށް ތޮޅެފޮޅުމުން
އެކުދިން އެކި ކަހަލަ ޖިސްމާނީ
އަދި ނަފްސާނީ ބަލިތަކާ
ކުރިމަތިލާން ޖެހޭނެއެވެ.
އޭގެ ތެރޭގައި އިތުބާރު
ގެއްލުމާއި ކިޔެވުމަށް ޝައުގުވެރިކަން ގެއްލުމާއި
އެންޒައެޓީ އަދި ޑިޕްރެޝަން
ފަދަ ބޮޑު މައްސަލަތަކާ
ކުރިމަތިވާނެއެވެ.
Sunday, August 4, 2024
ޙަސަން ޝުއާޟުގެ ބައޮގުރަފީ
ޙަސަން ޝުއާޟު
ހަސަން
ޝުއާޟަކީ ސ.މަރަދުއަށް 1982 ވަނަ އަހަރު، މާރިޗު މަހުގެ 7 ވަނަ ދުވަހު އުފަން ވީ
މީހެކެވެ. އޭނާގެ ބައްޕައަކީ ހަމައެރަށު އަބްދުﷲ ފާއިޒެވެ. މަންމައަކީ ރާމިޒާ
އިބްރާހީމެވެ.
ހަސަން
ޝުއާޟު ފުރަތަމަ ކިޔަވަން ދިޔައީ މަރަދޫ ސްކޫލަށެވެ. އެތާނގައި އޭނާ ކިޔެވީ
ޔޫ.ކޭ.ޖީ އިން ގުރޭޑު އެކަކަށެވެ. އެއަށްފަހު 2 ގައި ނުކިޔަވާ ބަދަލުވީ މާލޭ
އިންގްލިޝް ސްކޫލަށެވެ. އެ ސްކޫލުގައި ގުރޭޑު 3 ކުން ފެށިގެން 10 އަކާ ހަމައަށް
ކިޔެވިއެވެ. އެއަށްފަހު މަތީސާނަވީއަށް ކިޔަވަން ދިޔައީ ސީއެޗްއެސްސީ އަށެވެ.
ސްކޫލް ދައުރުގައި ޝުއާޟަށް ލިބުނު ކާމިޔާބީގެ ތެރޭގައި "ބެސްޓް ސްކައުޓު
އަދި ބެސްޓް އެތްލީޓުކަން" ހިމެނެއެވެ. އޭގެ އިތުރުން ކޮންމެ އަހަރަކު
ޕްރޮގްރެސް އެވޯޑު އޭނާއަށް ލިބުނެވެ.
ހަސަން
ޝުއާޟު ފުރަތަމަ އާމްދަނީ ހޯދީ، އޭނާ ގުރޭޑު 11 އަދި 12 ގައި ކިޔެވިއިރު ގުރޭޑު 7
އަދި 8 ގެ ދަރިވަރުންނަށް ޓިއުޝަން ނަގައިދީގެންނެވެ. އެއަށްފަހު ސްކޫލް ދައުރު
ނިމި އޭ ލެވެލް ނަތީޖާ ލިބުމުން 2002 ވަނަ އަހަރު މެދުފުށި އައިލޭންޑް ރިސޯޓު ގެ
ރިސަވޭޝަންސް އެސިސްޓެންޓު ކަމުގެ މަގާމަށް ދިޔައެވެ. އެތާނގައި ޚިދުމަތް
ކުރުމަށްފަހު ވެލިގަނޑު އައިލޭންޑު ރިސޯޓުގެ ރިސަވޭޝަންސް ސުޕަވައިޒަރުކަމުގެ
މަގާމަށް ބަދަލުވިއެވެ. އޭގެ ދުވަސްތަކެއް ފަހުން ހިލްޓަން މޯލްޑިވްސް ރަންއަލި
ރިސޯޓުގެ ފްރަންޓް ޑެސްކް އެޖެންޓުކަން ލިބުމުން އެ ރިސޯޓުގައި
މަސައްކަތްކުރިއެވެ. އަބަދުވެސް ތަފާތުކަންތައް ތަޖުރިބާކުރަން ޝައުގުވެރިވާ
ޝުއާޟު ދެން މިސްރާބުޖެހީ ފޯސީޒަން މޯލްޑިވްސްގެ ރެކްރިއޭޝަން ޑިޕާޓުމެންޓާ
ދިމާއަށެވެ. އެތަނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭނާ ދެން ދިޔައީ ހެރެތެރެ
މޯލްޑިވްސްގެ ސޭލްސް އެންޑް މާރކެޓިނގް ސުޕަރވައިޒަރުކަން ކުރުމަށެވެ.
ހަސަން
ޝުއާޟަކީ އޭނާގެ މަދަރުސީ ހަޔާތުގައި ވެސް ކިޔެވުމަށް ޝައުގުވެރިކަމެއް ދިން މޮޅު
ދަރިވަރެކެވެ. އަމިއްލައަށް އާމްދަނީ ހޯދުމުގެ މަސައްކަތްކުރަން ގިނަ ދުވަސްތަކެއް
ހޭދަކުރުމަށްފަހު، އަނެއްކާ ވެސް ތައުލީމާއިގެން ކުރިއަށްދިއުމަށް އޭނާ
ގަސްތުކުރިއެވެ. އެހިސާބުން ދެން އޭނާ ދިޔައީ އިންޑިޔާއަށެވެ. އެތަނުގައި 5
އަހަރުގެ (2013 -2008) މާރސްޓާރސް ޑިގްރީއަށް ކިޔެވުމަށްފަހު، ރާއްޖެއައިސް 2013
ވަނަ އަހަރު އޭނާ ދިޔައީ ކޮންސްޓަންޓް ހަލަވެލި މޯލްޑިވްސް ގެ ކިޑްސް ކުލަބު
ޕޯސްޓަކަށެވެ. އެތަނުގައި ކާމިޔާބުކަމާއެކު ވަޒީފާ އަދާކުރުމަށްފަހު، ދެން ދިޔައީ
ޔޮޓް ޓުއާރސް މޯލްޑިވްސް ގެ ސޭލްސް އެންޑް މާރކެޓިންގެ މަގާމަށެވެ. އެތަނުގައި
ވަޒީފާ އަދާ ކުރަމުން ދަނިކޮށް އޭނާގެ މަންމަ ބަލިވުމުގެ ސަބަބުން އަނެއްކާ ވެސް،
އޭނާގެ މަސައްކަތަށް 3 އަހަރު ދުވަހުގެ މެދުކެނޑުމެއް އައެވެ. 3 އަހަރުގެ މެދުކެނޑުމަކަށްފަހު، އާ އުންމީދުތަކަކާއެކު
ޝުއާޟު ދިޔައީ ޗަމްޕާ ސެންޓްރަލް ހޮޓަލުގެ ރިޒަވޭޝަން މެނޭޖަރެއްގެ މަގާމަށެވެ.
އެތަނުގައި ވަޒީފާ އަދާ ކުރާތާ 4 އަހަރު ވާން އުޅޭނިކޮށް، ކޮވިޑުގެ އާލަމީ ވަބާގެ
ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައެވެ. އެހެންކަމުން ވަޒިފާތަކުގައި ތިބި ގިނަ
ބަޔަކު ގޭގައި މަޑުކުރަން ޖެހުނެވެ. އެލިސްޓުގައި ޝުއާޟު ވެސް ހިމެނުނެވެ.
ޕެންޑަމިކް ނިމުމާއެކު، ޗަމްޕާ ސެންޓްރަލް ހޮޓަލުގެ ކޮންޓްރެކްޓު އާނުކޮށް އޭނާ
އަނބުރާ އައްޑުއަށް ބަދަލުވިއެވެ. އައްޑުއަށް އައިސް ފުރަތަމަ ހުރީ މަރަދޫގެ
މަދަނަޝޮޕްގެ މާކެޓިންބައިގައެވެ. މިހާރުވެސް އެތަން މާކެޓުކުރުމަށް ކުރަންޖެހޭ
ހުރިހާ ކަމެއް ކުރަނީ ޝުއާޟެވެ. އެތަނުގައި މަސައްކަތްކުރަމުން ދަނިކޮށް އޭނާއަށް
ލިބުނު ފުރުސަތެއްގައި، ހިތަދޫ ސްކޫލުގެ ޓްރެވެލް އެންޑް ޓޫރިޒަމް ޓީޗަރެއްގެ
ގޮތުގައި ޚިދުމަތް ކުރަން ދިޔައެވެ. އޭގެފަހުން މިހާރު އޭނާ ވަޒިފާ އަދާކުރަމުން
ދަނީ ހިތަދޫ ނޫރާނީ ސްކޫލުގެ ޓްރެވެލް އެންޑް ޓޫރިޒަމް ޓީޗަރެއްގެ ގޮތުގައެވެ.
ހަސަން
ޝުއާޟަކީ ސިނަމާއިން ފިލްމު ބެލުމާއި، (މިކްސްއަޕް، ޕޮޕް އާއި ރެޕް) މިއުޒިކު އަޑު
އެހުމަށް ފޯރިހުންނަ މީހެކެވެ. އެކި އެކިވައްތަރުގެ ސީޑީ އެއްކުރުމާއި، އާ ސީރީސް
ގަތުމާއި، ގުދުރަތީ ރީތިކަން ލިބިފައިވާ ތަންތަނަށް ދަތުރު ކުރުމަކީ ޝުއާޟު އެންމެ
ކުރާހިތްވާކަންތަކެވެ. އޭނާގެ އުންމީދަކީ އޭނާ ކިޔަވައިދިން ދަރިވަރުން މަތީ
މަގާމުތަކުގައި ތިބެ ސާރ އޭ ކިޔާފައި ގޮވާލާނެ ދުވަހެއް ދުށުމެވެ. މާތްﷲ ހަސަން
ޝުއާޟުގެ މަސައްކަތުގައި ބަރަކާތް ލައްވައި އޭނާގެ ހުވަފެން ކާމިޔާބުކޮށްދެއްވާށީ!
އާމީން!
އިންޓަރނެޓުގައި ގިނަ ވަގުތު ހޭދަކުރުމުން ލިބޭ ގެއްލުންތަކަށް ސަމާލުވޭ !
އިންޓަރނެޓުގައި ގިނަ ވަގުތު
ހޭދަކުރުމުން ލިބޭ ގެއްލުންތަކަށް ސަމާލުވޭ !
ލިޔުނީ: ފާޠިމަތު
ނަހާ ނަޒީރު
ޒަމާނާއެކު
ދުނިޔެއަށް އަންނަ ބަދަލުތަކާއެެކު އަހަރުމެން އިންޓަރނެޓާއި ޓެކްނޮލޮޖީއަށް
ބަރޯސާވާ މިންވަރު ވެސް ދަނީ އިތުރު ވަމުންނެވެ. އެއީ އަހަރުމެންގެ ދިރިއުޅުމުގެ
ކުރަމުންދާ އެންމެ ކުޑަ ކަމުން ފެށިގެން ގޮސް މުޅި ހަޔާތް ބަދަލުވެގެންދާނެ ފަދަ
ކަމެއް ވިޔަސް މިހާރު އެކަން ބަރޯސާ ވަނީ އިންޓަރނެޓުގެ މައްޗަށެވެ. ނަމަވެސް
މާގިނަ ވަގުތު އިންޓަރނެތުގައި ހޭދަކުރުމުން އަހަރުމެންގެ ޖިސްމާނީ އަދި ނަފްސާނީ
ސިއްހަތަށާއި އަދި މީހުންނާ އޮންނަ ގުޅުމަށް ވެސް ގިނަގުނަ ނޭދެވޭ އަސަރުތަކެއް
ކުރާކަމެއްކަން އަހަރުމެން ސަމާލުވާން ޖެހެއެވެ.
އިންޓަނެޓުގައި
ހޭދަކުރާ ވަގުތަކީ އަހަރުމެންނަށް ވަރަށް ގިނަ ގޮތްގޮތުން އަސަރުކުރާ
ވަގުތުތަކެވެ. މިގޮތުން އެންމެ ބޮޑަށް އަސަރު ކުރާ އެއް ކަމަކީ އޭގެއިން
އިންސާނާގެ ދުޅަހެޔޮ ކަމަށެވެ. ދިރާސާތަކުން ދައްކާގޮތުން އިންޓަނެޓްގައި ނުވަތަ
ސްކްރީން ތަކުގެ ކުރިމަތީގައި ހޭދަކުރާ ގަޑި ގިނަ ވާ ވަރަކަށް މީހާގެ ސިއްޙަތުވެސް
ގޯސްވެގެން ދެއެވެ. މިގޮތުން ހަކުރު މަތިވެ ހިތުގެ ބަލި ޖެހުމަށް މަގުފަހި ވުމުގެ
ނުރައްކާ ބޮޑުވެގެން ދެއެވެ. އަދި އިންސާނާގެ ސިކުނޑީގެ ބާރު ދަށްކޮށް
ވިސްނުމަށްވެސް އަސަރުކުރެއެވެ. މިއީ އިންޓަނެޓްގެ ސަބަބުން އިންސާނާގެ ޖިސްމާނީ
ސިއްޙަތަށް ކޮށްލާ ބައެއް އަސަރުތަކެވެ.
އަހަތެމެން
އިންޓަނެޓްގައި ހޭދަކުރާ ވަގުތު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އަދި
މިކަމުގެ ހެކި އަހަރުމެންގެ ނަފްސާނީ ދުޅަހެޔޮކަމުން ފެނިގެންދެއެވެ. އަބަދު
ވިސްނުމާއި ޑިޕުރެޝަނާއި އެންޒައިޓީ ފަދަ ބަލިތަކަށް މިނުރައްކާތެރި ވަބާގެ
ސަބަބުން މަގުފަހި ވެގެން ދެއެވެ. ދުނިޔޭގެ ސިއްޙަތާ ބެހޭ މުޒާރާ (ޑަބްލިއު އެޗް
އޯ) އިން ބުނާ ގޮތުގައި މިޒަމާނުގައި އެންމެ ގިނަ މީހުން އަމިއްލައަށް މަރުވާން
ބޭނުންވާ މައިގަނޑު ކަމަކަށް ދިރާސާ އިން ދައްކަނީ އިންޓަނެޓް މެދުވެރިކޮށް ދިމާވާ
މައްސަލަތަކާ ގުޅިގެންނެވެ. މިއީ ނުހަނު ކަނބޮޑު ވާން ޖެހޭ ކަމެކެވެ. އަދި
އިންޓަނެޓް ގައި ހޭދަ މިކުރާ ވަގުތުގައި އަހަރުމެން އެންމެންވެސް އަހަރުމެންގެ
އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ބަލަން ވާނެ ކަމީ މިކަމުން ފާހަގަ ކޮށްލާ
މުހިއްމު ނުކުތާއެކެވެ.
އިންޓަނެޓްގައި
ހޭދަކުރަން ބުުނެފައި އޮންނަ ވަރަށްވުރެ ގިނަ އިރު އޭގައި ހޭދަ ކުރުމުން ވަރަށް
ގިނަ ގެއްލުން ތަކާ ދިމާވެއެވެ. މިގޮތުން މިހާރު އެންމެ އާމުކޮށް ފެންނަ އެއް
ކަމަކީ މީގެއިން އަހަރެމެންގެ ދިރިއުޅުމުގައި ވާ ގުޅުން ތަކަށް ކުރާ އަސަރުތަކެވެ.
އިންޓަނެޓްގައި ހޭދަ ކުރާ ވަގުތަކީ މީހުންނާއެކު މަޖާކޮށް
ގުޅުންބަދަހި ކުރެވޭނެ ވަގުތު ތަކެވެ. ނަމަވެސް ވަގުތު ބޭކާރު ކުރުމުގެ
ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ އެހެންކަންކަމަޝާއި ކައިރީގައި އުޅޭ މީހުންނާ
އޮންނަ ގުޅުމަށްވެސް އަސަރުތަކެއް ކުރެއެވެ. ރަައްޓެހިންނާއެކު އޮންނަ ގުޅުން
ދުވަހުން ދުވަހަށް ދަނީ ދުރުވަމުންނެވެ. މައިންބަފައިންނާ ދަރިންނާ މެދު އޮންނަ އިތުބާރުކަން
ނެތިގެން ދެއެވެ. އަދި މިހެންގޮސް ދުވަހުން ދުވަހަށް މީހުން މަދުވެމުން ގޮސް މުޅު
އިންސާނާގެ ޙަޔާތް ހޭދަ ކުރާނީ އިންޓަނެޓްގައެވެ.
އިންޓަނެޓް
އަކީ ދުވަހުން ދުވަހަށް ދުނިޔެއަށް އަންނަ ތަރައްޤީއާއެކީ ބަދަލުވަމުން އަންނަ
ވަޞީލަތެކެވެ. ނަމަވެސް މިކަަމަށް މާގިނަ ވަގުތު ހޭދަ ކުރުމުން އަހަރެމެންގެ
ޖިސްމާނީ ސިއްޙަތަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށާއި އަދި ވަށައިގެންވާ މީހުންނާ
އޮންނަ ގުޅުމަށް ކުރާނުރަކާތެރި ގެއްލުން ތަކަކީ އަހަރުމެން އަބަދުވެސް ސަމާލުވާން
ޖެހޭ ކަމެކެވެ. ވީމާ އަޅުގަނޑުގެ ނަޞޭޙަތަކީ އިންޓަނެޓްފަދަ ވަޞީލަތްތަށް ބޭނުން
ކުރުމުގައި ތިމާއާއި ތިމާގެ މުޖުތަމަޢަށް ވީހާވެސް ފައިދާ ވެވޭނެ ގޮތަކަށް ބޭނުން
ކުރުމެވެ. އަދި އޭގެއިން ތިމާއަށް ކޮއްލާނެ ގެއްލުމާއި އަނިޔާ ދެނެގަނެގެން ހުރެ
އެކަމަށް ސަމާލުވުމެވެ.
Saturday, August 3, 2024
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުޙައްމަދު ޝުއައިބު
ޢަބްދުالله
ކުދިރަށްތަކުން ފެތުރިފައެވާ ރާއްޖޭއަކީ
ނަލަގައުމެކޭ
ކުދިރަށްތަކުން މަލައެކުލެވޭ
ފެހިގަސްތަކެއްވާ ޤައުމެކޭ
ހުދުކަންއެވާ ފަސްގަ ނޑުމަތީ ހިތްގައިމުކަން
އިހުސާސްވެޔޭ
ޤުދުރަތުގެނަލަ ލޮނުގަ
ނޑުތެރޭ ފީނަންނިކަން ބޭނުންވެޔޭ
ކުދިދޫނިތައް ލައްވާއަޑުން ޖައްވުގެތެރޭ
ގުގުމާނެޔޭ
ކުދިދޫނިތައް ގަސްތަކުތެރޭ
ވާތަންނިކަން ފެންނާނެޔޭ
ދީނަށްއުޅޭ މުސްލިމުތަކުން އީމާންކަމުން
ފާހަގަވެޔޭ
ދީނަށްޓަކާ ލޭއޮހޮރުވަން
އަޒުމާއެކީ ޤުރުބާންވެޔޭ
މަސްވެރިކަމާ ދަ ނޑުވެރިކަމުން ފައިދާލިބޭ
ގައުމެއްމެޔޭ
ގަސްރުއްތަކާ އަދިފަޅުފަޅުން
މުއްސަނދިވެފާ ގައުމެއްމެޔޭ
އެކިކަންކޮޅުން އާދޭނިކަން ރާއްޖޭބަލަން
މެހުމާނުނޭ
ހެކިވާނެޔޭ ދިވެހިންމިކަން
އެއްބާރުލާ މެހުމާނުނޭ
**************
ދުނިޔޭގެ ރީތިކަން
ދުނިޔޭގެ ރީތިކަން
ފާޠިމަތު
އިރަމް ޝަފީޢު – ގްރޭޑް 9
އެކިކޮޅުކޮޅަށް ދާމަގުތަކާ ދިގުކޯރުތައް
ފެނުމުންނިކަން
ދެކިލަންނިކަން އެންމެންހިނގާ
ހުސްވަގުތުގާ އެއްހިތްވެގެން
ގުލްޒާރެކޭ ހެދިފާވަނީ ގޯތީތެރޭ
ހުސްބިންމަތީ
ބުލްބުލްތަކާ އުދުހޭކޮކާ
ތައްފެނިލުމުން އާޝޯހުވަން
ނަލަހަނދުވަރުން ޒީނަތްވެފާ އެފަޒާތެރޭ
ވާތަރިތަކާ
ނަލަރީތިވީ ހަސްތީތެރޭ ދުވަމުންއެދާ
އެވިލާތަކުން
ހުދުދޮންވެލިން އުފެދިފައެވާ ފެހިގަސްތަކުން
މަލައެކުލެވޭ
ހުދުފަސްގަ ނޑަށް އުދުހިފައެދާ
މުނިޔާތަކުން އަޑުލައްވަމުން
މުރަކައިބަގީޗާ ތަކުތެރޭ ޑައިވިންކުރާ
މެހުމާނުނަށް
ހުރަހެއްމެނެތި ފެނިގެންދަނީ
ޤުދުރަތުގެނަލަ މަންޒަރުތަކުން
ނިޢުމަތްތަކަށް އަބަދާއަބަދު ހަމްދާއެކީ
ޝުކުރޭވަނީ
ނިޢުމަތްތަކަށް ހިންގާފިކުރު
ހެއްދެވިއިލާހަށް ވިސްނަމުން
***************