ޓެކްނޮލޮޖީގެ ސަބަބުން
ކުރާ އަސަރު
ޓެކްނޮލޮޖީއަކީ ދުނިޔޭގެ ތަރައްޤީގެ
އަލިކަމެވެ. ދުނިޔެ ބަވަނަ ކޮށްލާފައިވާ ހަތިޔާރެވެ. އާ އެކިކަންކަން ދަސްވަނީ
މިއީޖާދުގެ ބޭނުން ކޮށްގެންނެވެ. ދުނިޔޭގެ އެކިކަންކޮޅުގައި އެތައް މިލިޔަން
ބައެއް ޓެކްނޮލޮޖީގެ ބޭނުން ކުރާއިރު އެއިންކުރާ އަސަރަކަށް ބަލައެއް ނުލައެވެ.
އެހެނަކަމުން މިލިޔުމުގައި ބަލައިލާނީ އެއަސަރު ތަކަށެވެ.
ޓެކްނޮލޮޖީގެ ސަބަބުން މަޢުލޫމާތު
މުއްސަނދިވުމީ އެއިން ލިބޭ ފައިދާއެކެވެ. ޓެކްނޮލޮޖީއަކީ މަޢުލޫމާތުގެ
ކުތުބުޚާނާއެކެވެ. ބޭނުން މަޢުލޫމާތެއް ކުރުގޮތެއްގައި ފަސޭހައިން ލިބޭ ގޮތައް
ހުރެއެވެ. މީގެ ސަބަބުން އިންޓަނެޓު ބޭނުންކުރުމުގައި މަޢުލޫމާތު މުއްސަނދިވެއެވެ.
އަދި ޢާންމު މަޢުލޫމާތު މުއްސަނދި ވުމުން ސްކޭމްތައް ދެނެގަންނަން ފަސޭހަވެއެވެ.
އެހެންކަމުން މަޢުލޫމާތު މުއްސަނދިވުމީ ޓެކްނޮލޮޖީން ކުރާ ރަނގަޅުއަސަރެކެވެ.
މަޢުލޫމާތު މުއްސަނދިވުމުގެ އިތުރުން
ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ ގުޅިފައިވުމީ އެއިންލިބޭ ފައިދާއެކެވެ. މިހާރު
ދުނިޔޭގެ އަނެއްކޮޅުގައި ހުންނަމީހަކަށް މެސެޖެއް ފޮނުވުމީ ސިކުންތެއްގެ
ތެރޭގައިކުރެވޭ ކަމެކެވެ. މިފަދައިން ޚަބަރުތައްވެސް ލިޔެ ފޮނުވާލެވެއެވެ. އަދި
ދުނިޔޭގެ އެކިކަންކޮޅުގައިވާ މީހުނަށް މިފަދަޚަބަރުތައް ތަރުޖަމާކޮށްގެން
ކިޔާލެވެއެވެ. އަދި އެހެނިހެން ޤައުމުތަކުގެ ޙާލަތު ދެނެގަންނަން ފަސޭހަވެއެވެ.
އެހެން ކަމުން ޓެކްނޮލޮޖީގެސަބަބުން ދުނިޔެ ގުޅިލާމެހިފައިވުމީ އެއިންލިބޭ
ފައިދާއެކެވެ.
ޓެކްނޮލޮޖީގެސަބަބުން އެތަކެއް ރަނގަޅުއަސަރުތަކެއް
ކުރެއެވެ. ނަމަވެސް، ދެވިހިފުންފަދަ ނުރަނގަޅު އަސަރުތައްވެސް ޓެކްނޮލޮޖީގެ
ސަބަބުން ކުރެއެވެ. ދެވިހިފުމަކީ ވަރަށް ޢާންމުވެފައިވާކަމެކެވެ. އެކިގޭމުތަކަށް
ދެވިހިފައެވެ. ވީޑިއޯތައް ބެލުމަށް ދެވިހިފައެވެ. އަދި ސޮކެެމް ކުރުންފަދަ
ނުރަނގަޅު އެތައް ކަމަކަށް ދެވިހިފައެވެ. ދިރާސާ އަކުން ހާމަކުރާގޮތުގައި ފޯނުބޭނުންކުރާ
މީހުން ގެތެރެއިން ދުނިޔޭގެ އާބާދީގެ %6.3 މީހުންނަކީއެއަށް
ދެވިހިފައިފާތިބިމީހުންނެވެ. އެހެންކަމުން ދެވިހިފުމަކީ ޓެކްނޮލޮޖީގެ ސަބަބުންކުރާ
ނުރަނގަޅުއަސަރެކެވެ.
ދެވިހިފުމުގެއިތުރުން ޓެކްނޮލޮޖީގެސަބަބުން
ނަފްސާނީ ދުޅަހެޔޮކަން މުގުރާލެވެއެވެ. ޓެކްނޮލޮޖީގެ އެތްއްޕލެޓްފޯމެއް
ކަންމެދުވަހަކުއެތައް ބަޔަކު ބޭނުންކުރެއެވެ. މިގޮތަށް ބޭނުންކުރުމުގް ތެރޭގައި
ސައިބާބުލިއިންގް ގެޝިކާާާާާާާާާާާާާާާާާރައަކްށްވެ، ޑިޕްރެށަން ފަދަ ނުރައްޚަތެރި
ނަފްސާނީ ބަލިތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަން
ފުނޑފުނޑުވުމީ ޓެކްނޮލޮޖީގެސަބަބުން ކުރާ ނުރަނގަޅު އަސަރެކެވެ.
ޓެކްނޮލޮޖީގެ ސަބަބުން އެތައްއަސަރެއް
ކުރެއެވެ. އެގޮތުން، މަޢުލޫމާތު މުއްސަނދިވެ، ދުނިޔެ ގުޅިލާމެހުމަކީ ޓެކްނޮލޮޖީގެ
ސަބަބުން ކުރާ ރަނގަޅު އަސަރެވެ. ނަމަވެސް، އެއާ އެއްވަރަށް ދެވިހިފުމާއި،
ނަފްސާނީ ސިޙަތު ފުނޑުފުނޑުވުން ފަދަ ނުރަނަގަޅު އަސަރުތައް ކުރެއެވެ. އެފަދަ
ނުރަނގަޅު އަސަރުތައް މަދުކުރުމަކީ ޓެކްނޮލޮޖީގެ ބޭނުންކުރާ ކޮންމެމީހެއްގެވެސް
ޒިންމާއެކެވެ.