بسم الله الرحمن الرحيم
)ނިޝާން)
ނޫރާނީ ސްކޫލް
އައްޑޫ ސިޓީ
ދިވެހިރާއްޖެ ނަންބަރު:
މިނިސްޓަރީ އޮފް
އެޑިއުކޭޝަންގެ މިނިސްޓަރ ޑރ އިސްމާއިލް ޝަފީއަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އައްޑޫ ސިޓީ ހިތަދޫ
އަވަށުގައި ހިންގަމުންދާ ސަރުކާރު ސްކޫލެއް ކަމަށްވާ، ނޫރާނީ ސްކޫލުގެ
ކުރިމަތީގައި ވިޔަފާރީގެ އުސޫލުން ހިންގާ މަސް ގާޑިޔާއެއް ހުންނަތާ ވަރަށް ގިނަ
ދުވަސްތައް ވެއްޖެއެވެ. މި ތަނަކީ ގިނަ ބަޔަކު މަސް ގަތުމަށް ޖަމާވާ ތަނެކެވެ.
އަދި މި ވިޔަފާރި ހިންގަން ތިބެނީ މިޔަދު މިދެކޭ ޒުވާނުންނެވެ. އެހެންކަމުން،
އެތަނަށް އެއްވާ ގިނަ މީހުންނަކީ އެ މީހުން ފަދަ ޒުވާނުންނެވެ. އޭގެ ސަބަބުން
މާރާމާރީގެ ހާދިސާތައް އާއްމު ވެގެންދެއެވެ. ނިމި ދިޔަ ހަފްތާގައި ވެސް ތޫނު
ވަޅިއެއް ފަދަ ހަތިޔާރަކުން ޒުވާނަކަށް ހަމަލާ ދީފައި ވެއެވެ. އެ ޒުވާނާއަށް
ލިބުނު ޒަހަމްގެ ސަބަބުން މިހާރުވެސް ދަނީ އެ.އީ.އެޗް ގައި ފަރުވާ ދެމުންނެވެ.
ތަޢުލީމީ އިދާރާއިން
މަދަރުސާއަށް ކިޔަވަން އަންނަ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުމަކީ
ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެކެވެ. ނަމަވެސް ނޫރާނީ ސްކޫލުގައި ކިޔަވަމުންދާ
ދަރިވަރުންނަށް މި ރައްކާތެރިކަން ކަށަވަރު ވެފައި ނުވެއެވެ.
އެހެންކަމުން މި
ކުދިންގެ ޙައްގު ރައްކާތެރި ކުރުމަށްޓަކައި ނޫރާނީ ސްކޫލްގެ ކުރިމަތީގައި
ހިންގަމުންދާ މަސްގާޑިޔާ ނަގައިދެއްވުމަކީ ސްކޫލުގެ ވަރަށް ބޮޑަށް އެދެމެވެ.
އިޚްތިރާމް
ޤަބޫލުކުރެއްވުން އެދެމެވެ.
1447 ރަބިޢުލްއާޚިރާ
9
2025 އޮކްޓޯބަރ 1
ޚާދިމަތްކުމް
(ސޮއި)
ޢައިޝަތު ރޫފީ ޙަލީމް
(އެޑްމިނިސްޓުރޭޓާ)
މިނިސްޓަރީ އޮފް އެޑިއުކޭޝަން
މާލް/ދިވެހިރާއްޖެ