ދަރިފުޅުއިންޓަރނެޓުގެ
ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރާނީ ކިހިނެއް؟
އިންޓަރނެޓަކީ ތަފާތު އުމުރުފުރާގެ މީހުން
ޢާންމު ގޮތެއްގައި ބޭނުންކުރާ އެންމެ ނުފޫޒުގަދަ އެއް ވަސީލަތެވެ. މިހާރު ކޮންމެ
ކުއްޖެއްގެ އަތުގައިއެސް އޮންނަ ފޯނާއި، ޓެބްލެޓާއި ލެޕްޓޮޕާއި ކޭބަލްޓީވީ އަކީ
އެކުދިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ އާލާތްތަކެކެވެ. ވީމާ، މީސްމީޑިގެ
ބޭނުންކުރުމަށް ގެންގުޅޭ މިއާލާތްތަކުން އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ
ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެހެންކަމަށްވުމުން އިޓަރނެޓު
ބޭނުންކުރުމުގައި ބެލެނިވެރިންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމާއި ވަކި ގަޑިތައް
ކަނޑައެޅުމާއި އެކު، ރައްކާތެރި ގޮތުގައި އިންޓަރނެޓު ބޭނުން ކުރާނެގޮތް ކިޔައިދީ
، ސިޓިންގ ރޫމް ފަދަ ހާމަތަނެއްގައި އިންޓަރނެޓު ބޭނުންކުރުމަށް
ހަމަޖެއްސިދާނެއެވެ.
ޕޭރެންޓަލް
ކޮންޓްރޯލް ޤާއިމްކުރުން
ދަރިފުޅު އިންޓަރނެޓުގެ
ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށް އިންޓަރނެޓު ބޭނުންކުރުމުގައި
ބެލެނިވެރިޔާގެ ކޮންޓްރޯލް ޤާއިމް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ނަތީޖާއެއްގެ
ގޮތުން ދަރިފުޅު ބަލާ ވީޑިއޯތަކާއި، ވާހަކަދައްކާ މީހުންނާއި، ސާޗް ކުރާ
ތަކެއްޗަކީ ދީނާއި، ސަޤާފަތާއި އުމުރާއި ގުޅުންހުރި އެއްޗެއްތޯ ބަލައި
އެކަންކަމުގައި ހޭދަކުރަނީ ކިހާވަގުތެއްތޯ ކަށަވަރުކުރެއެވެ. މިކަން ނުބެލިއްޖެނަމަ، ދަރިފުޅު ގެ އަޚްލާޤު
ގޯސްވެ، ދީނާއި ދުރުވުމާއިއެކު، އުމުރާނުގުޅޭ މަންޒަރުތައް ބެލުމަށް
އާދަވެގެންދާނެއެވެ. ޕަބްޖީ ކުޅޭ ކުދިން އަމިއްލައަށް ދަންޖެހި، މަރުވާ ޢަދަދު
އިތުރުވުމަކީ ބެލެނިވެރިޔާގެ ކޮންޓްރޯލް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން
އަރައިގަންނަން ނޭނގުމުން ދިމާވާ ކަމެކެވެ. އަދި މިއާއެކު، ސައިންސްވެރިން ހެދި
ދިރާސާއަކުން ދައްކާ ގޮތުގައި ނަފްސާނީ ބަލިމަޑުކުރުވުންތަކާއި ކުރިމަތިލާންޖެހެނީ
އިންޓަރނެޓުގައިކުރެވޭ ހަނގާގެސަބަބުން ދިމާވާކަންކަމުންކަން ހާމަކޮށްދެއެވެ.
އެހެންކަމުން ދަރިފުޅު އިންޓަރނެޓު ބޭނުން ކުރުމުގައި ބެލެނިވެރިޔާގެ ކޮންޓްރޯލް
ޤާއިމްކުރުމަކީ ދަރިފުޅުއިންޓަރނެޓުބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް
ކުރެވިދާނެ ކަމެކެވެ.
އިންޓަރނެޓު
ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައެޅުން
ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ
ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް
އިންޓަރނެޓު ބޭނުންކުރަން ވަކި ގަޑިތަކެއް ކަނޑައެޅިދާނެއެވެ. އިންޓަރނެޓު ބޭނުން
ކުރުމުގައި ވަކި ހައްދެއް ކަނޑަނާޅައިފިނަމަ ދަރިފުޅުގެ އަގުހުރި ވަގުތު
ހުސްކޮށްލާނީ އިންޓަރނެޓުގައެވެ. މީގެ ސަބަބުން ކިޔެވުމާ ދުރުވެ، ހަމަނިދި
ނުލިބުމުގެ އިތުރުން ޢާއިލީ ގުޅުން ހީނަރުވެ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން
ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރެއެވެ. މިގޮތައް ހުރިހާ ވަގުތެއްގައި އިންޓަރނެޓު
ބޭނުން ކުރާ ގިނަކުދިންނަށް ސްކޫލަށް ނާދެވޭ މައްސަލައިގެ ޢަދަދުތައް ވަނީ
އިންތިހާއަށް ގިނަވެފައެވެ. މިކަންމިގޮތަށް ދިމާވާން މެދުވެރިވާ އެންމެ ބޮޑު އެއް
ސަބަބަކީ، ރޭގަނޑު ހަތަރު ދަމު ހޭލާ ތިބެފައި ފަތިހު ފަތިހާ ނިދަން އޮށޯތުމުން
ހޭނުލެވުމެވެ. އެހެން ކަމުން، ދަރިފުޅު އިންޓަރނެޓު ބޭނުން ކުރުމުގައި ވަކި
ގަޑިތަކެއް ކަނޑައެޅުމަކީ ދަރިފުޅު އިންޓަރނެޓު ބޭނުން ކުރަނީ ރައްކާތެރި
ގޮތުގައިތޯ ކަށަވަރުކުރުމަށް ކުރެވިދާނެ ކަމެކެވެ.
ރައްކާތެރި
ގޮތުގައި އިންޓަރނެޓު ބޭނުން ކުރާނެގޮތް ކިޔައި ދިނުން
ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ
ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށްޓަކައި، އެބޭނުން ކުރާނެ ރައްކާތެރި ގޮތް
ދަރިފުޅަށް ބުނެ ދިނުމަކީ މުހިންމު ކަމެކެވެ. އެއްޗެއްގެ ހުރި ނުރައްކާ
އެބޭނުންކުރާ މީހަކަށް ނޭނގޭ ނަމަ، އެ އެއްޗަކުން ދުރުނުވާނެކަން ހަމަބުއްދި
ހުރިކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ. އިންޓަރނެޓަކީވެސް މިފަދަ
ނުރައްކާތެރި ވިހަގަަދަ އެއްޗެކެވެ.
އެހެންކަމުން މިދެކޮޅުތޫނު ވިހަގަދަ ހަތިޔާރުން ރައްކާތެރި ވާނެ ގޮތް ދަރިފުޅައް
ކިޔައިދީ މަގު ދައްކަން ޖެހެއެވެ. އިންޓަރނެޓު ބޭނުންކުރުމުގައި ދިމާވާ ކޮންމެ
މީހަކީ ރަނގަޅު މީހެއް ނޫންކަމާއި، އެމީހަކު ބުނާ ކަމެއް ކުރަން ނުޖެހޭނެ ކަމާއި،
ފޮނުވާ ލިންކުތަކާއި، ވީޑިއޯތަކަށް އިރުޝާދުދީ އެކަމަށް ދަރިފުޅު އަހުލުވެރި
ކުރުވަން ޖެހެއެވެ. އަދި އިންޓަރނެޓުގައި ހުންނަ ހުރުމުގައި، އެހެން މީހުންނާއި
ވާހަކަ ދެއްކުމުގައި ދަރިފުޅު ހިތައް ތަދުވާފަދަ މުޢާމަލާތެއް ހިނގާނަމަ އެކަން
ބޮޑު މީހެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކުދިންނާ ދުރުވާން އަންގަން ޖެހެއެވެ.
އަދި އެއާއިއެކު ޒާތީ އެއްވެސް ކަހަލަ މަޢުލޫމާތެއް އިންޓަރނެޓުގެ މިތުރުންނާއި
ހިއްސާ ނުކުރުމަށް އަންގަން ޖެހެއެވެ. އެގޮތައް ޒާތީ މަޢުލޫމަޢުލޫމާތު ޙިއްސާ
ކުރުމުގެ ސަބަބުން އެކައުންޓުތައް ހެކްކޮށް ދެރަކޮށްލާ ފަދަ ފޮޓޯތަކާއި މެސެޖުތައް
އިންޓަރނެޓުގެ ދުނިޔެއަށް ފެތުރުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި
ވަބާއެކެވެ. އެހެންކަމުން ކުއްޖާގެ އަބުރު ކަތިނުލެވެނީސް އިންޓަރނެޓު ބޭނުން
ކުރާނެ ރައްކާތެރިގޮތް ކިޔައިދިނުމަކީ ދަރިފުޅު އެ ބޭނުންކުރަނީ ރައްކާތެރި
ގޮތުގައިތޯ ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ސިޓިންގ
ރޫމްފަދަ ހާމަ ތަނެއްގައި އިންޓަރނެޓު ބޭނުން ކުރުުމަށް ހަމަޖެއްސުން
ސިޓިންގ ރޫމްފަދަ ހާމަ ތަނެއްގައި އިންޓަރނެޓު
ބޭނުން ކުރަން ހަމަޖެއްސުމަކީ ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި
ގޮތުގައިތޯ ކަށަވަރު ކުރުމަށް ކުރެވިދާނެ ކަމެކެވެ. މިކަން ކުރުމުގެ ސަބަބުން
ކޮޓަރި ތެރޭގައި އޮވެ ބަލާ އުމުރާ ނުގުޅޭ މަންޒަރުތައް ބެލުމަށް ޖެހިލުން
ވާނެއެވެ. ސަބަބަކީ ސިޓިންގ ރޫމް ފަދަތަންތަނުގައި ޢާއިލާގެ މީހުން އަބަދު
ތިބުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ދަރިފުޅު ރައްޓެހިންނާ މުޢާމަލާތުކުރުމަށް
ބޭނުންކުރާ ބަހުރުވަ ޢާއިލާގެ މީހުންނާއި ވާހަކަދައްކަން ބޭނުން ނުކުރުމެވެ.
އެހެން ކަމުން ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް
ސިޓިންގ ރޫމް ފަދަ ހާމަ ތަނެއްގައި އިންޓަރނެޓު ބޭނުން ކުރަން ހަމަޖެއްސިދާނެއެވެ.
އެހެން ކަމުން ދަރިފުޅު އިންޓަރނެޓުބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ
ކަށަވަރުކުރުމަށް އެތައް ކަމެއް ކުރެވިދާނެއެވެ. އެގޮތުން ދަރިފުޅު އިންޓަރނެޓު
ބޭނުން ކުރުމުގައި ބެލެނިވެރިޔާގެ ކޮންޓރޯލް ޤާއިމްކޮށް، އެ އާލާތް ބޭނުން ކުރަން
ވަކި ގަޑިތަކެއް ކަނޑައެޅިދާނެއެވެ. އަދި ރައްކާތެރި ގޮތުގައި އިންޓަރނެޓުބޭނުން
ކުރާނެގޮތް ކިޔައިދީ އިންޓަރނެޓުބޭނުން ކުރަން ސިޓިންގ ރޫމް ފަދަ ހާމަތަނެއް
ހަމަޖެއްސިދާނެއެވެ. މިއީ ދަރިފުޅު އިންޓަރނެޓު ބޭނުންކުރަނީ ރަނގަޅު ގޮތުގައިތޯ
ކަށަވަރު ކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.
No comments:
Post a Comment