Friday, October 10, 2025

ރަސްމީ ސިޓީ - ޢައިޝަތު ރޫފީ ޙަލީމް

 

بسم الله الرحمن الرحيم

)ނިޝާން)

ނޫރާނީ ސްކޫލް

   އައްޑޫ ސިޓީ

      ދިވެހިރާއްޖެ                                  ނަންބަރު:

                          މިނިސްޓަރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ ޑރ އިސްމާއިލް ޝަފީއަށް

                          ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

                          އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ހިންގަމުންދާ ސަރުކާރު ސްކޫލެއް ކަމަށްވާ، ނޫރާނީ ސްކޫލުގެ ކުރިމަތީގައި ވިޔަފާރީގެ އުސޫލުން ހިންގާ މަސް ގާޑިޔާއެއް ހުންނަތާ ވަރަށް ގިނަ ދުވަސްތައް ވެއްޖެއެވެ. މި ތަނަކީ ގިނަ ބަޔަކު މަސް ގަތުމަށް ޖަމާވާ ތަނެކެވެ. އަދި މި ވިޔަފާރި ހިންގަން ތިބެނީ މިޔަދު މިދެކޭ ޒުވާނުންނެވެ. އެހެންކަމުން، އެތަނަށް އެއްވާ ގިނަ މީހުންނަކީ އެ މީހުން ފަދަ ޒުވާނުންނެވެ. އޭގެ ސަބަބުން މާރާމާރީގެ ހާދިސާތައް އާއްމު ވެގެންދެއެވެ. ނިމި ދިޔަ ހަފްތާގައި ވެސް ތޫނު ވަޅިއެއް ފަދަ ހަތިޔާރަކުން ޒުވާނަކަށް ހަމަލާ ދީފައި ވެއެވެ. އެ ޒުވާނާއަށް ލިބުނު ޒަހަމްގެ ސަބަބުން މިހާރުވެސް ދަނީ އެ.އީ.އެޗް ގައި ފަރުވާ ދެމުންނެވެ.

                         ތަޢުލީމީ އިދާރާއިން މަދަރުސާއަށް ކިޔަވަން އަންނަ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުމަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެކެވެ. ނަމަވެސް ނޫރާނީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް މި ރައްކާތެރިކަން ކަށަވަރު ވެފައި ނުވެއެވެ.

                         އެހެންކަމުން މި ކުދިންގެ ޙައްގު ރައްކާތެރި ކުރުމަށްޓަކައި ނޫރާނީ ސްކޫލްގެ ކުރިމަތީގައި ހިންގަމުންދާ މަސްގާޑިޔާ ނަގައިދެއްވުމަކީ ސްކޫލުގެ ވަރަށް ބޮޑަށް އެދެމެވެ.

އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

1447 ރަބިޢުލްއާޚިރާ 9

2025 އޮކްޓޯބަރ 1

                                                         ޚާދިމަތްކުމް

                                                          (ސޮއި)

ޢައިޝަތު ރޫފީ ޙަލީމް

(އެޑްމިނިސްޓުރޭޓާ)

މިނިސްޓަރީ އޮފް އެޑިއުކޭޝަން

    މާލް/ދިވެހިރާއްޖެ

ރަސްމީ ސިޓީ - މުޙައްމަދު ފާހިމް ފަހުމީ

بسم الله الرحمن الرحيم

(ނިޝާން)

ނޫރާނީ ސްކޫލް

  އައްޑޫ ސިޓީ

    ދިވެހި ރާއްޖެ                              ނަންބަރު:

 

 

          މިނިސްޓަރީ އޮފް އެޑިއުކޭޝަން ގެ މިނިސްޓަރު ޑރ.އިސްމާޢިލް ޝަފީޢަށް.

          ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

          އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ސަރުކާރު ސްކޫލެއް ކަމަށްވާ ނޫރާނީ ސްކޫލުގެ ކުރިމަތީ ވިޔަފާރި އުސޫލުން ހިންގަމުންދާ ގާޑިޔާއެއް ހުންނަތާ އެތަކެއް ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ. މިތަނަކީ ގިނަބަޔަކު މަސްގަންނަން ޖަމާވާ ތަނެކެވެ. އަދި މިގާޑިޔާ ހިންގަމުން ދަނީ މިއަދު މިދެކޭ ޒުވާނުންނެވެ. އެހެންކަމުން އެގާޑިޔާ ދޮށަށް އެފަދަ ގިނަ ޒުވާނުންތަކެއް ޖަމާވެއެވެ. އަދި އޭގެސަބަބުން ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތަކެއް ހިނގައެވެ. ނިމިދިޔަ ހަފްތާތެރޭގައި ވެސް އެފަދަ ހަމަނުޖެހުމެއް ހިނގައި، ޒުވާނަކަށްވަނީ ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. އޭނާ މިހާރުވެސް ދަނީ އޭ.އީ.އެޗް ގައި ފަރުވާ ހޯދަމުންނެވެ.

          ދިވެހިރާއްޖޭގެ ތަޢުލީމީ ޤާނޫނުގެ ދަށުން ސްކޫލުގައި ކިޔަވާ ކުދިންނަށް، ސްކޫލު ސަރަހައްދާއި އެ މާހައުލަކީ ރައްކާތެރިތަނެއްކަން ކަށަވަރު ކޮށްދޭން ޖެހެއެވެ. ނަމަވެސް، މިދެންނެވި މަސްގާޑިޔާގެ ސަބަބުން ނޫރާނީ ސްކޫލުގެ ކިޔަވާ ކުދިންނަށް މި ރައްކާތެރިކަން ކަށަޗަރުވަފައި ނުވެއެވެ.  

          އެހެންކަމުން، މި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށްޓަކައި އެ މަސްގާޑިޔާ ސްކޫލު ދޮރުމަތިން ނަގައިދެއްވުމަކީ ނޫރާނީ ސްކޫލްގެ ވަރަށް ބޮޑު އެދުމެކެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

1447 ރަބީޢުލްއާޚިރު 9

2025 އޮކްޓޯބަރ 1

                                                ޚާދިމަތްކުމް

                                                 (ސޮއި) 

                                            ނާސިރާ ޢަބްދުﷲ

                                            އެޑްމިނިސްޓްރޭޓަރ

މިނިސްޓަރީ އޮފް އެޑިއުކޭޝަން

   މާލެ / ދިވެހިރާއްޖެ


Monday, October 6, 2025

އަރަފާތް ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތް (އިރުޝާދުދޭ ލިޔުން)

 


އަރަފާތް ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތް

         ދުނިޔެ މަތީ މުސްލިމުންނަށް ލައްވާފައިވާ އެންމެ މާތް ދުވަހަކީ އަރަފާތް ދުވަހެވެ. އެއީ ކޮންމެ އަހަރެއްގެ ހައްޖުމަހުގެ ނުވަވަނަ ދުވަހެވެ. އެދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ރޯދަހިފައި ޤުރްއާން ކިޔެވުމުގެ އިތުރަށް ދުއާ ކުރެވޭނެއެވެ. ވީމާ އަރަފާތް ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތްތައް މި ލިޔުމުން އަލިއަޅުވާލާނަމެވެ.

         އަރަފާތް ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ރޯދަ ހިފާށެވެ. ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެވިގެންދާނެއެވެ. ހަމައެއާކު ގަޟާ ރޯދަ ހިފައިފިނަމަ އަރަފާތް ދުވަހުގެ ސަވާބާއި ގަޟާ ރޯދައިގެ ސަވާބު ލިބިގެންދާނެއެވެ. ހައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުން ރޯދަހިފުމަށް ޙާއްސަ ސަމާލުކަމެއް ދޭށެވެ. އޭރުން އެ ދުވަހުގެ ބޭނުން ރަނގަޅު ގޮތުގައި ހިފި ހެޔޮ އަމަލުގެ ފަތް ބަރުވެގެންދާނެއެވެ.

         އަރަފާތް ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދޭށެވެ. ކޮންމެ ނަމާދަކަށްފަހު ވަކި މިންވަރަކަށް ޤުރްއާން ކިޔަވާށެވެ. ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. އެހެންކަމުން ޤުރްއާން ކިޔަވައި ޤުރްއާނާއި އެއްގޮތަށް އަމަލުތައް ބެހެއްޓިއްޖެ ނަމަ ދުވަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފި ﷲ އާ ކުއްތަންވުމަށް މަގުފަހިވެގެންދާނެއެވެ.

         މުސްލިމުންނަށް ނިޢުމަތެއްގެ ގޮތުގައި ﷲ ތަޢާލާ ލައްވާފައިވާ، މާތް އަރަފާތް ދުވަހުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ދުއާ ކުރާށެވެ. ހާއްސަކޮށް ހައްޖަށް ނުދެވި ތިބި މުސްލިމުން ދުއާ ކުރުމަށް ހަނދާން ބަހައްޓާށެވެ. އެހެނީ އެ ދުވަހު ކުރާ ދުއާ އަކީ އެންމެ ހެޔޮ ދުއާއަށް ވެފައި އެދުވަހަކީ އެންމެ ގިނަ ބަޔަކު ނަރަކައިން ސަލާމަތްވާ ދުވަސް ކަމުގައި ވެއެވެ. އެހެންކަމުން އެ ދުވަހުގައި ތިމާ އެކަމަކަށް އެންމެ އެދޭ ކަންތައްތަކަށް ދުޢާކުރުމުގައި ވަގުތު ހޭދަ ވެއްޖެނަމަ ދުވަހުގެ ނަސީބުވެރިންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

         އަރަފާތް ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުތައް ބައްޓަންކުރާށެވެ. އެދުވަހުގެ ސުންނަތް ރޯދަހިފައި ދެ އަހަރުގެ ފާފައިން ސަލާމަތްވުމަށް މަސައްކަތްކުރާށެވެ. އަދި އެ ދުވަހަކީ ﷲގެ ކަލާމްފުޅު ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ދުވަހަކަށް ހަދާށެވެ. މިއާއެކު އެންމެ ހެޔޮ ދުޢާއަކީ އަރަފާތްދުވަހުގެ ދުޢާކަމުން އެ ދުވަހުގައި ދުޢާކުރުމަށް ހަނދާންކުރާށެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ އެ ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިގެންދާނެކަން ޔަޤީނެވެ.

Sunday, October 5, 2025

އީދު ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި މުސްލިމުން ކަންތައް ކުރަންވީ ގޮތް (އިރުޝާދުދޭ ލިޔުން)

 


އީދު ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި

މުސްލިމުން ކަންތައް ކުރަންވީ ގޮތް

      ބޮޑު ދެއަޅުކަމަކަށް ފަހު މުސްލިމުންނަށް ދެ އީދެއް ލިބެއެވެ. އެ ދެ ދުވަހަކީ އުފާކޮށް މަޖާކުރުމުގެ ދުވަސްތަކެކެވެ. މިގޮތުން، ތަފާތު ހަރަކާތްތައް ބޭއްވުމަކީ މުސްލިމުންގެ އާދައެކެވެ. އެހެންކަމުން، ޢީދުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ މައްޗަށް، މިލިޔުމުގައި އަލިއަޅުވާލާނަމެވެ.

      ޢީދު ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޢީދު ނަމާދު ކުރާށެވެ. އެކަމުގައި ފަރުވާތެރިވެ، ގަޑިއައް ޖަމާއަތުގައި ބައިވެރިވެވޭތޯ ބަލާށެވެ. އަޅުގަނޑުމެންގެ ނަބިއްޔާ ވެސް މިކަމަށް އިރުޝާދުދެއްވާފައިވެއެެވެ. ޢީދު ދުވަހުގެ ނަމާދާކީ ހެޔޮ ދުޢާކުރުމާއި، މާތް ﷲ އަށް ޝުކުރުވެރިވުމުގެ  ގޮތުން ކުރާ ނަމާދެކެވެ. އަދި ޢީދު ނަމާދަށް ޙާޟިރުވުމުން ގުޅުންތައް ބަދަހިވެ، ޢީދު ދުވަހުގެ ސުންނަތް ވެސް ފުރިހަމަ ކުރެވިގެންދާނެވެ. ވީމާ، ކޮންމެ އަހަރަކުވެސް ޢީދު ނަމާދު ގަވާއިދުން ގާއިމު ކުރާށެވެ. މިހެން ކަންކުރުމުން، އެ ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެއެވެ.

     ޢީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށް ވުމުން، އެދުވަހުގެ އުފަލުގައި ފަގީރުންނާއި ނިކަމެތިން ޝާމިލްކުރާށެވެ. ތިމާއަށް ވީވަރަކުން ސަދަގާތް ވެސް ދޭށެވެ. އަދި ފިތުރު ޒަކާތްވެސް ދޭށެވެ. މީގެއިތުރުން، ގޭގައި ތައްޔާރުކުރާ ތަކެތިންވެސް ސަދަގާތް ދޭށެވެ. ޢީދު ހަރަކާތަކުގައި ނުވަތަ މަޖާކުރުމުގައި ވެސް ފަގީރުންނާއި ނިކަމެތިންް ބައިވެރިކުރާށެވެ. އޭރުން، އެމީހުންނަށް އުފާވެރިކަން ލިބި، ތިމާގެ ހިތަށްވެސް އުފާވެރިކަން ލިބި އެ ދުވަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފިގެންދާނެއެވެ.

    އުފާކުރުމާއި މަޖާކުރުމުގެ މި ދެ ދުވަސް ފާހަނގަކުރުމުގައި އިސްލާމީ ހަމަތަކުގެ މަތިން ފާހަނގަކުރާށެވެ. އިސްލާމީ ޝަރީއަތާއި ރަސޫލާގެ ސުންނަތާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭށެވެ. މިއާ ހިލާފުވެއްޖެނަމަ އެދުވަހުގެ ހެޔޮދަރުމައިން ތިމާ އެއްކިބާވާނެއެވެ. ކަން މިހެން އޮތުމުން، މަޖާކުރުމުގައި އެއްވެސް ގޮތަކަށް އިސްލާމް ދީނާ ފުށުނާރާކަން ޔަގީންކުރާށެވެ. އޭރުން އިސްލާމީ ހަމަތަކުގެ މަތިން ޢީދު ދުވަސް ފާހަނގަ ކުރެވި، އެދުވަހުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފިގެންދާނެއެވެ.

      ޢީދު ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާށެވެ. އެދެދުވަހުގެ ޙާއްސަ ނަމާދަށް ޙާޟިރުވެ އެދުވަސް ފުރިހަމަ ކުރާށެވެ. ހަމަމިއާއެކު، ޢީދުގެ ހަރަކާތްތަކާއި ހުރިހާ ކަމެއްގައި ފަގީރުންނާއި ނިކަމެތިން ޝާމިލްކޮށް، އިސްލާމީ މިންގަނޑުގެ ތެރޭގައި ފާހަނގަކުރާށެވެ. މީގެސަބަބުން ތިމާއަށް އެދުވަހުގެ އުފާވެރިކަން ހާސިލުވެ، އެދުވަސްތައް އެންމެ އެދެވޭ ގޮތަށް ބޭނުން ކުރެވޭނެއެވެ.

 

 


Sunday, September 28, 2025

ދަރިފުޅު އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިތޯ ކަށަވަރު ކުރާނީ ކިހިނެއް؟

ދަރިފުޅު އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިތޯ ކަށަވަރު ކުރާނީ ކިހިނެއް؟

ދެކޮޅު ތޫނު ވަރުގަދަ ހަތިޔާރެއް ކަމަށްވާ އިންޓަރްނެޓަކީ ކުޑަކުދިންނާއި، އެކިއުމުރުފުރައިގެ މީހުން ބޭނުން ކުރުން އާންމުވެފައިވާ އެއްޗެކެވެ. ފޯނުފަދަ ވަސީލަތްތަކަކީ ކުދިންގެ ދިރިއުޅުމުގައި ގުޅިލާމެހި ފައިވާ އެއްޗެކެވެ. ކުދިން މީސްމީޑިއާގެ ތެރެއަށް ވަންނަނީ މިކަހަލަ ވަސީލަތްތަކުންނެވެ. އެހެންކަމުން ކުދިން އިންޓަރްނެޓް ބޭނުން ކުރަނީ އެންމެ އެދެވޭ ގޮތުގައިތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެގޮތުން އެކުދިން ބޭނުން ކުރާ ވަސީލަތްތަކުގައި ޕޭރެންޓަލް ކޮންޓްރޯލް ގައިމްކުރުމާއި އެބޭނުން ކުރަން ވަކި ގަޑިތަކެއް ކަނޑައެޅުމުގެ އިތުރަށް ސިޓިންގްރޫމް ފަދަ ހާމަ ތަނެއްގަ އިންޓަރްނެޓުގެ ވަސީލަތްތައް ބޭނުން ކުރުމަށް ބެހެއްޓުމާއެކު އެވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އިރުށާދުދޭން ގެހެއެވެ.

ޕެރެންތަލް ކޮންޓްރޯލް ގާއިމްކުރުން

ދަރިފުޅު އިންޓަރްނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިކަން ކަށަވަރު ކުރުމަށް ޕޭރެންޓަލް ކޮންޓްރޯލް ގާއިމް ކުރަންޖެހެއެވެ. ނަތީޖާއެއް ގޮތުން ދަރިފުޅު ވަންނަނީ އުމުރާއި ދީނާގުޅޭ ވެބްސައިޓުތަކަށްތޯ ނުވަތަ މީހުންނާ މުއާމަލާތުކުރަނީ ރަނގަޅު ގޮތުގައިތޯ ކަމާއި އަދި ދަރިފުޅު ބޭނުން ކުރާ ވަސީލަތްތަކުން ކުރާ ހުރިހާ ކަމެއް މައިންބަފައިންނަށް އެގިގެންދާނެއެވެ. މައިންނަށް މިކަންތައް ނުބެލިއްޖެނަމަ ކުއްޖާ ދީނުން ދުރުވެ މަގުފުރެދިގެން ދިއުމުގެ އިތުރަށް ބަހުރުވަ ހުތުރުވެގެން ދާނެއެވެ. ޕަބްޖީފަދަ ގޭމުތައް ކުޅޭކުދިން އޭގައި ދެވިހިފައިފައި ވާވަރުން އެގޭމުތަކަށްޓަކައި އަމިއްލަޔަށް މަރުވާކަން ރިޕޯޓުތަކުން ދައްކައެވެ. ސަބަބަކަށް ވަނީ މައިންބަފައިންނަށް ކުދިން އިންޓަރްނެޓް ބޭނުން ކުރާގޮތް ރަނގަޅަށް ނުބެލުމެވެ. އެހެންކަމުން ޕޭރެންޓަލް ކޮންޓްރޯލް ގާއިމްކުރެވިއްޖެނަަ މިކަހަލަ ހިތާމަވެރި ހާދިސާތައް މަދުވުމަކީ އެކަށީގެން ވާކަމެކެވެ.

ކުއްޖާއަށް އިންޓަރްނެޓް ބޭނުން ކުރުމަށް ވަކިވަގުތުތަކެއް ކަނޑައެޅުން

އިންޓަރްނެޓް ބޭނުން ކުރުމުގައި ކުއްޖާއަށް ވަކިވަގުތުތަކެއް ކަނޑައެޅުމަކީ އެކުއްޖާ އިންޓަރްނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރަން ވަރަށް މުހިންމު ކަމެކެވެ. ވަކި ހައްދެއް ނެތި ކުއްޖާއަށް އިންޓަރްނެޓު ބޭނުން ކުރަން ދޫކޮއްފިނަމަ އެކުއްޖާގެ ހުރިހާ ވަގުތެއް ހޭދަ ކުރާނީ އިންޓަރްނެޓުގައެވެ. މީގެސަބަބުން ދަރިފުޅު އާއިލާއަށް ހޭދަކުރާ ވަގުތު މަދުވެ ކިޔެވުމާދުރުވެ އަދި ނަފްސާނީއާއި ގިސްމާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިގޮތުން އިންޓަރްނެޓުގެ ސަބަބުން ދަރިވަރުން ސުކޫލަށް ނުދާ މައްސަލަވަނީ މިހާރު އިންތިހާއަށް ގޮސްފައެވެ. މީގެތެރެއިން ގިނަކުދިން ސުކޫލަށް ނުދަނީ ރޭގަނޑު ހަތަރުދަމު އިންޓަރްނެޓުގައި ހޭދަކޮށްފައި ފަތިހުފަތިހާ ނިދަން އޮށޯތުމުން ދަރިފުޅު ނާދެވުން ހެއްކަކަށް ފުދެއެވެ. އެހެންކަމުން ދަރިފުޅު އިންޓަރްނެޓު ބޭނުން ކުރުމުގައި ވަކިވަގުތުތަކެއް ދިނުމަކީ އިންޓަރްނެޓް އޭގެ ރައްކާތެރި ގޮތުގައި ބޭނުން ކުރާކަން ކަށަވަރު ކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ރައްކާތެރި ގޮތުގައި އިންޓަރްނެޓް ބޭނުން ކުރާނެ ގޮތް ކުއްޖާއަށް ބުނެދިނުން

ދަރިފުޅު އިންޓަރްނެޓު ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށް، އެ ބޭނުން ކުރާގޮތް ދަރިފުޅަށް ބުނެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއްޗެއްގެ ނުރައްކާތެރިކަން އެކުއްޖަކަށް ނޭގިއްޖެނަމަ އެ އާއި ދުރަށްނުދާނެކަން ހަމަބުއްދި އަށް ވިސްނޭނެއެވެ. އިންޓަރްނެޓަކީ ވިހަގަދަ ހަތިޔާރެކެވެ. އެއަށްރައްކާތެރި ނުވެއްޖެނަމަ ތިމާގެ އަބުރު ގަތުލު ކޮއްލާފައި އެ ދާނެއެވެ. އެގޮތުން ކުއްޖާއަށް މި ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް މަގުކޮށާފައި ވިސްނައިދޭން ގެހެއެވެ. އިންޓަރްނެޓުން ފެންނަ ކޮންމެ ވެބްސައިޓުތަކަކީ ރަނގަޅު އެއްޗެއް ނޫންކަމާއި އެއިން ފެނަ ކޮންމެ މައުލޫމާތަކީ ހަގީގަތެއް ނޫންކަމާއި ފެންނަ ކޮންމެ ލިންކަކަށް ފިތުމަކީ އެންމެރައްކާތެރި ގޮތް ނޫންކަމާއި އިންޓަރްނެޓުން ފެނަކޮންމެ މީހަކީ އަސްލު ރަހުމަތްތެރިއެއް ނޫންކަމާއި އެމީހުންނަކީ އިތުބާރު ކުރެވޭބައެއް ނޫންކަން އެކުއްޖާއަށް ވިސްނައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އިންޓަރްނެޓުން ޗެޓުކުރުމުގައި ދަރިފުޅުގެ ހިތަށް ނުރުހޭކަހަލަ ވާހަކަދައްކާނަމަ ބޮޑުމީހެއްގެ ގާތުގައި ވީހާވެސް އަވަހަކަށް ބުނުމާއި އެފަދަމީހުންނާ ދުރުހެލިވުމާއި އިންޓަރްނެޓުގައި ދަރިފުޅުގެ ޒާތީ މައުލޫމާތުތައް ބޭރުނުކުރުމަށް އިރުށާދުދޭން ޖެހެއެވެ. ކުއްޖާގެ ޒާތީ މައުލޫމާތު ލިންކަކުން ނުވަތަ ސްކޭމަކުން މީހަކަށް ބޭރުވެއްޖެނަމަ ނުވަތަ މިހަކަށް ދީފިނަމަ އެމީހުން އެބޭނުން ކޮއްގެން ކުއްޖާ ބޭނުން ކުރާވަސީލަތްތައް ހެކުކޮށް އެކުއްޖާގެ އަބުރަށް ގެލުންވާ ފަދަ ކަތަށް ކޮށް ހުރިހާ ޒާތީ މައުލޫމާތު މީސްމީޑިޔާ ފަދަ މަންސަތަކަށް ބޭޒާރުކޮއްލާފާނެ ކަމަށް ކުއްޖާއަށް ވިސްނައިދޭން ޖެހެއެވެ. އެހެންކަމުން އިންޓަރްނެޓް، ދަރިފުޅު މަގުފުރައްދާނުދަނީސް އެ އެންމެ ރަނގަޅު ބޭނުން ކުރާނެ ގޮތް ބުނެދިނުމަކީ ދަރިފުޅު އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިތޯ ކަށަވަރު ކުރަން އެޅިދާނެ ފިޔަވަޅެކެވެ.

ސިޓިންގް ރޫމް ފަދަ ހާމަ ތަނެއްގައި އިންޓަރްނެޓް ބޭނުން ކުރަން ހަމަޖެސުން 

ހާމަތަނެއްގައި އިންޓަރްނެޓު ބޭނުން ކުރުމަށް ކުއްޖާ ބެހެއްޓުމަކީ އިންޓަރްނެޓް އޭގެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވާ ކަމެކެވެ. ސަބަބަކީ ސިޓިންގް ރޫމް ފަދަ މީހުން ގިނަތަންތާ ބެހެއްޓުމަކީ އެކުއްޖާ އިންޓަރްނެޓުން ކުރާހުރިހާ ކަމެއް އެތާގައި ތިބޭ މީފެންނާނެތީއެވެ. ނަތީޖާއަކަށް ވަންނަނީ އުމުރާއި ދީނާގުޅޭ ވެބްސައިޓުތަކަށްތޯ ނުވަތަ ބަލަނީ ދީނާގުޅޭ އެއްޗެހިތޯ ކަން އެތާގައި ތިބޭމީހުނަށް އެގިގެން ދާނެއެވެ. ހުރިހާ ކުދިންވެސް ގޯސްކަމެއް ކުރަންޏާމު ކުރާނީ ސިއްރުން ކަންކޮންމެ ހަމަބުއްދި އަކުން ވިސްނިޔަސް އެނގޭނެއެވެ. އެގޮތުން ދަރިފުޅު ކޮޓަރީގައި އިނދެ އިންޓަރްނެޓުން ކުރާ އެއްވެސް ކަމެއް ގޭގައި ތިބޭ އެހެން މީހުންނަކަށް ނޭގޭނެއެވެ. އެހެންކަމުން ހާމަތަނެއްގައި އިންޓަރްނެޓު ބޭނުން ކުރުމަށް ކުއްޖާ ބެހެއްޓުމަކީ އިންޓަރްނެޓް އޭގެ އެންމެ ރަނގަޅު ގޮތުގައި އެކުއްޖާ ބޭނުން ކުރުމަށް ލިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިބިގެން ދާނެ ހިތްވަރެކެވެ.

 

 ކުއްޖާ އިންޓަރްނެޓް ބޭނުން ކުރަން ގެންގުޅޭ ވަސީލަތްތަކުގައި ޕޭރެންޓަލް ކޮންތްރޯލް ގާއިމް ކުރުމާއި އެބޭނުން ކުރަން ވަކިވަގުތުތަކެއް ކަނޑައެޅުމާއި އެރަނގަޅު ގޮތުގައި ބޭނުން ކުރާނެގޮތް ބުނެދިނުމާއި ހާމަތަނެއްގައި ކުއްޖާ ބެހެއްޓުމަކީ ދަރިފުޅު އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިތޯ ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. ޕޭރެންޓަލް ކޮންތްރޯލް ގާއިމްކުރުމުން ކުއްޖާ ފޯނު ކުރާ ހުރިހާކަމެއް މައިންބަފައިނަށް އެގޭނެއެވެ. އަދި އިންޓަރނެޓް ބޭނުން ކުރަން ވަކިވަގުތުތަކެއް ކަނޑައެޅުމަކީ އެހެންކަންކަން ކުރަން ކުއްޖާއަށް ވަގުތުލިބޭނެއެވެ. މީގެއިތުރަށް އިންޓަރްނެޓު ގެވަސީލަތްތައް ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުމަށް ވިސްނައިދޭން ޖެހޭނެއެވެ. އަދި ހަމަތަނެގައި އިންޓަރްނެޓް ބޭނުން ކުރުމަށް ބެހެޓުމަކީ އެތާގައި ތިބޭމީހުންނަށް އެކުއްޖާ ކުރާހުރިހާ ކަމެއް އެގޭނެއެވެ. އެގޮތުން މިކަތައް ރަނގަޅު ގޮތުގައި ކޮއްފިނަމަ ކުއްޖާގެ ދިރިއުޅުން ރަނގަޅު ގޮތުގައި ބަދަލުވެ އިސްލާމް ދީނާއި ގަތްވެ އެންމެހައި ރަނގަޅު ކަންތައްތައް ކުރުން މަތީ ދެމިހުންނަން ފަސޭހަވާނެއެވެ. އެހެންކަމުން ކުއްޖާގެ ކުރިމަގު އުޖާލާ ކުރުމަށް މިކަންތައްތައް ކުރުމަކީ ޒިންމާ އެއްކަން މައިންބަފައިން ބެލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.


Monday, September 22, 2025

ދަރިފުޅުއިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރާނީ ކިހިނެއް؟

 

ދަރިފުޅުއިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރާނީ ކިހިނެއް؟

    އިންޓަރނެޓަކީ ތަފާތު އުމުރުފުރާގެ މީހުން ޢާންމު ގޮތެއްގައި ބޭނުންކުރާ އެންމެ ނުފޫޒުގަދަ އެއް ވަސީލަތެވެ. މިހާރު ކޮންމެ ކުއްޖެއްގެ އަތުގައިއެސް އޮންނަ ފޯނާއި، ޓެބްލެޓާއި ލެޕްޓޮޕާއި ކޭބަލްޓީވީ އަކީ އެކުދިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ އާލާތްތަކެކެވެ. ވީމާ، މީސްމީޑިގެ ބޭނުންކުރުމަށް ގެންގުޅޭ މިއާލާތްތަކުން އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެހެންކަމަށްވުމުން އިޓަރނެޓު ބޭނުންކުރުމުގައި ބެލެނިވެރިންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމާއި ވަކި ގަޑިތައް ކަނޑައެޅުމާއި އެކު، ރައްކާތެރި ގޮތުގައި އިންޓަރނެޓު ބޭނުން ކުރާނެގޮތް ކިޔައިދީ ، ސިޓިންގ ރޫމް ފަދަ ހާމަތަނެއްގައި އިންޓަރނެޓު ބޭނުންކުރުމަށް ހަމަޖެއްސިދާނެއެވެ.

ޕޭރެންޓަލް ކޮންޓްރޯލް ޤާއިމްކުރުން

    ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށް އިންޓަރނެޓު ބޭނުންކުރުމުގައި ބެލެނިވެރިޔާގެ ކޮންޓްރޯލް ޤާއިމް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ނަތީޖާއެއްގެ ގޮތުން ދަރިފުޅު ބަލާ ވީޑިއޯތަކާއި، ވާހަކަދައްކާ މީހުންނާއި، ސާޗް ކުރާ ތަކެއްޗަކީ ދީނާއި، ސަޤާފަތާއި އުމުރާއި ގުޅުންހުރި އެއްޗެއްތޯ ބަލައި އެކަންކަމުގައި ހޭދަކުރަނީ ކިހާވަގުތެއްތޯ ކަށަވަރުކުރެއެވެ.  މިކަން ނުބެލިއްޖެނަމަ، ދަރިފުޅު ގެ އަޚްލާޤު ގޯސްވެ، ދީނާއި ދުރުވުމާއިއެކު، އުމުރާނުގުޅޭ މަންޒަރުތައް ބެލުމަށް އާދަވެގެންދާނެއެވެ. ޕަބްޖީ ކުޅޭ ކުދިން އަމިއްލައަށް ދަންޖެހި، މަރުވާ ޢަދަދު އިތުރުވުމަކީ ބެލެނިވެރިޔާގެ ކޮންޓްރޯލް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން އަރައިގަންނަން ނޭނގުމުން ދިމާވާ ކަމެކެވެ. އަދި މިއާއެކު، ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ނަފްސާނީ ބަލިމަޑުކުރުވުންތަކާއި ކުރިމަތިލާންޖެހެނީ އިންޓަރނެޓުގައިކުރެވޭ ހަނގާގެސަބަބުން ދިމާވާކަންކަމުންކަން ހާމަކޮށްދެއެވެ. އެހެންކަމުން ދަރިފުޅު އިންޓަރނެޓު ބޭނުން ކުރުމުގައި ބެލެނިވެރިޔާގެ ކޮންޓްރޯލް ޤާއިމްކުރުމަކީ ދަރިފުޅުއިންޓަރނެޓުބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް ކުރެވިދާނެ ކަމެކެވެ.

އިންޓަރނެޓު ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައެޅުން

    ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި  ގޮތުގައިތޯ ކަށަވަރުކުރުމަށް އިންޓަރނެޓު ބޭނުންކުރަން ވަކި ގަޑިތަކެއް ކަނޑައެޅިދާނެއެވެ. އިންޓަރނެޓު ބޭނުން ކުރުމުގައި ވަކި ހައްދެއް ކަނޑަނާޅައިފިނަމަ ދަރިފުޅުގެ އަގުހުރި ވަގުތު ހުސްކޮށްލާނީ އިންޓަރނެޓުގައެވެ. މީގެ ސަބަބުން ކިޔެވުމާ ދުރުވެ، ހަމަނިދި ނުލިބުމުގެ އިތުރުން ޢާއިލީ ގުޅުން ހީނަރުވެ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރެއެވެ. މިގޮތައް ހުރިހާ ވަގުތެއްގައި އިންޓަރނެޓު ބޭނުން ކުރާ ގިނަކުދިންނަށް ސްކޫލަށް ނާދެވޭ މައްސަލައިގެ ޢަދަދުތައް ވަނީ އިންތިހާއަށް ގިނަވެފައެވެ. މިކަންމިގޮތަށް ދިމާވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ، ރޭގަނޑު ހަތަރު ދަމު ހޭލާ ތިބެފައި ފަތިހު ފަތިހާ ނިދަން އޮށޯތުމުން ހޭނުލެވުމެވެ. އެހެން ކަމުން، ދަރިފުޅު އިންޓަރނެޓު ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައެޅުމަކީ ދަރިފުޅު އިންޓަރނެޓު ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް ކުރެވިދާނެ ކަމެކެވެ.

ރައްކާތެރި ގޮތުގައި އިންޓަރނެޓު ބޭނުން ކުރާނެގޮތް ކިޔައި ދިނުން

    ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށްޓަކައި، އެބޭނުން ކުރާނެ ރައްކާތެރި ގޮތް ދަރިފުޅަށް ބުނެ ދިނުމަކީ މުހިންމު ކަމެކެވެ. އެއްޗެއްގެ ހުރި ނުރައްކާ އެބޭނުންކުރާ މީހަކަށް ނޭނގޭ ނަމަ، އެ އެއްޗަކުން ދުރުނުވާނެކަން ހަމަބުއްދި ހުރިކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ. އިންޓަރނެޓަކީވެސް މިފަދަ ނުރައްކާތެރި  ވިހަގަަދަ އެއްޗެކެވެ. އެހެންކަމުން މިދެކޮޅުތޫނު ވިހަގަދަ ހަތިޔާރުން ރައްކާތެރި ވާނެ ގޮތް ދަރިފުޅައް ކިޔައިދީ މަގު ދައްކަން ޖެހެއެވެ. އިންޓަރނެޓު ބޭނުންކުރުމުގައި ދިމާވާ ކޮންމެ މީހަކީ ރަނގަޅު މީހެއް ނޫންކަމާއި، އެމީހަކު ބުނާ ކަމެއް ކުރަން ނުޖެހޭނެ ކަމާއި، ފޮނުވާ ލިންކުތަކާއި، ވީޑިއޯތަކަށް އިރުޝާދުދީ އެކަމަށް ދަރިފުޅު އަހުލުވެރި ކުރުވަން ޖެހެއެވެ. އަދި އިންޓަރނެޓުގައި ހުންނަ ހުރުމުގައި، އެހެން މީހުންނާއި ވާހަކަ ދެއްކުމުގައި ދަރިފުޅު ހިތައް ތަދުވާފަދަ މުޢާމަލާތެއް ހިނގާނަމަ އެކަން ބޮޑު މީހެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކުދިންނާ ދުރުވާން އަންގަން ޖެހެއެވެ. އަދި އެއާއިއެކު ޒާތީ އެއްވެސް ކަހަލަ މަޢުލޫމާތެއް އިންޓަރނެޓުގެ މިތުރުންނާއި ހިއްސާ ނުކުރުމަށް އަންގަން ޖެހެއެވެ. އެގޮތައް ޒާތީ މަޢުލޫމަޢުލޫމާތު ޙިއްސާ ކުރުމުގެ ސަބަބުން އެކައުންޓުތައް ހެކްކޮށް ދެރަކޮށްލާ ފަދަ ފޮޓޯތަކާއި މެސެޖުތައް އިންޓަރނެޓުގެ ދުނިޔެއަށް ފެތުރުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެކެވެ. އެހެންކަމުން ކުއްޖާގެ އަބުރު ކަތިނުލެވެނީސް އިންޓަރނެޓު ބޭނުން ކުރާނެ ރައްކާތެރިގޮތް ކިޔައިދިނުމަކީ ދަރިފުޅު އެ ބޭނުންކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ސިޓިންގ ރޫމްފަދަ ހާމަ ތަނެއްގައި އިންޓަރނެޓު ބޭނުން ކުރުުމަށް ހަމަޖެއްސުން

   ސިޓިންގ ރޫމްފަދަ ހާމަ ތަނެއްގައި އިންޓަރނެޓު ބޭނުން ކުރަން ހަމަޖެއްސުމަކީ ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށް ކުރެވިދާނެ ކަމެކެވެ. މިކަން ކުރުމުގެ ސަބަބުން ކޮޓަރި ތެރޭގައި އޮވެ ބަލާ އުމުރާ ނުގުޅޭ މަންޒަރުތައް ބެލުމަށް ޖެހިލުން ވާނެއެވެ. ސަބަބަކީ ސިޓިންގ ރޫމް ފަދަތަންތަނުގައި ޢާއިލާގެ މީހުން އަބަދު ތިބުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ދަރިފުޅު ރައްޓެހިންނާ މުޢާމަލާތުކުރުމަށް ބޭނުންކުރާ ބަހުރުވަ ޢާއިލާގެ މީހުންނާއި ވާހަކަދައްކަން ބޭނުން ނުކުރުމެވެ. އެހެން ކަމުން ދަރިފުޅު އިންޓަރނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް ސިޓިންގ ރޫމް ފަދަ ހާމަ ތަނެއްގައި އިންޓަރނެޓު ބޭނުން ކުރަން ހަމަޖެއްސިދާނެއެވެ.

    އެހެން ކަމުން ދަރިފުޅު އިންޓަރނެޓުބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރުކުރުމަށް އެތައް ކަމެއް ކުރެވިދާނެއެވެ. އެގޮތުން ދަރިފުޅު އިންޓަރނެޓު ބޭނުން ކުރުމުގައި ބެލެނިވެރިޔާގެ ކޮންޓރޯލް ޤާއިމްކޮށް، އެ އާލާތް ބޭނުން ކުރަން ވަކި ގަޑިތަކެއް ކަނޑައެޅިދާނެއެވެ. އަދި ރައްކާތެރި ގޮތުގައި އިންޓަރނެޓުބޭނުން ކުރާނެގޮތް ކިޔައިދީ އިންޓަރނެޓުބޭނުން ކުރަން ސިޓިންގ ރޫމް ފަދަ ހާމަތަނެއް ހަމަޖެއްސިދާނެއެވެ. މިއީ ދަރިފުޅު އިންޓަރނެޓު ބޭނުންކުރަނީ ރަނގަޅު ގޮތުގައިތޯ ކަށަވަރު ކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.ުުުުު ުުު ުުު

Saturday, September 20, 2025

ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިކަން ޔަގީންކުރަނީ ކިހިނެއް ހެއްޔެވެ؟

 



ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިކަން

ޔަގީންކުރަނީ ކިހިނެއް ހެއްޔެވެ؟

          މި ޒަމާނުގައި އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދޮށީ އުމުރުގެ މީހުން އިންޓަނެޓު ބޭނުންކުރާ މިންވަރު މިވަނީ އާއްމު ވެފައެވެ. ދަރިފުޅު އަތުގައި އެންމެ ގިނަ ވަގުތު އޮންނަނީ ފޯނާއި ޓެބްލެޓު ފަދަ ވަސީލަތެކެވެ. އަދި މިފަދަ ވަސީލަތްތަކަކީ މީސްމީޑިޔާގެ ޕްލެޓުފޯރމުތަކަށް މަގު ދައްކާ އެއްޗަކަށް ވުމުން، ދަރިފުޅު އެ ބޭނުން ކުރަނީ ރަނގަޅަށް ކަން ބެލުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެހެންކަމުން ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ކިޔައިދީ ބެލެނިވެރިންގެ ކޮންޓުރޯލުގެ ދަށުން ވަކި ވަގުތެއް ކަނޑައަޅައި އިންޓަނެޓު ބޭނުންކުރާނެ ހާމަތަނެއް ހޯދައިދިނުމަކީ ބޭނުންތެރިކަމެކެވެ.

ޕޭރެންޓަލް ކޮންޓްރޯލް ގާއިމުކުރުން

          ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ޔަގީންކުރުމަށް އިންޓަނެޓަކީ ބެލެނިވެރިޔާގެ ބެލުމުގެ ދަށުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ މުހިންމުކަމެކެވެ. ނަތީޖާއެއްގެ ގޮތުން ދަރިފުޅު ބަލާ އެއްޗެކާ، ކުޅޭ ގޭމަކީ ދަރިފުޅުގެ އުމުރާ ގުޅޭ ދީނަށް ފުށުނާރާ ކަހަލަ އެއްޗެއްކަން ބެލެނިވެރިޔާއަށް ކަށަވަރުކުރަން ފަސޭހަވެގެންދާނެއެވެ. އަދި މިކަންތައްތައް ސަމާލުކަމެއް ނުދެވިއްޖެނަމަ ދަރިފުޅު ނުބައިކަންކަމުގެ ތެރެއަށް ވަދެގެންދާނެއެވެ. ޕަބްޖީ ފަދަ ގޭމުތަށް ކުޅެފައި ކުދިން އަމިއްލައަށް ދަންޖެހި މަރުވުމަކީ މިކަމުގެ ހެއްކެކެވެ. މީގެ ސަބަބަކީ ބެލެނިވެރިންގެ ކޮންޓުރޯލު ނެތުމުން އިންޓަނެޓުގެ ތެރެއިން ހަނގާ ކުރުމާ ކުރިމަތިލާފައި އެކަމުން އަރައިގަންނަން ނޭނގި އިޚްތިޔާރު މިކަހަލަ ކަންތަކަށް އަރައިގަތުމެވެ. ބެލެނިވެރިޔާގެ ކޮންޓުރޯލް ދަށުން އިންޓަނެޓު ބޭނުންކުރެވޭނަމަ މިފަދަ ކަންތަކަށް އަރައިނުގަނެ އިންޓަނެޓު ރަނގަޅު ގޮތުގައި ބޭނުންހިފާނެކަން ކަށަވަރުކުރެވޭނެއެވެ.  

އިންޓަނެޓު ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައެޅުން

          ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ކަށަވަރު ކުރުމަށް އިންޓަނެޓް ބޭނުން ކުރަން ވަގުތެއް ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެކެވެ. ވަކި ވަގުތުގައި އިންޓަނެޓް ބޭނުން ކުރުމަށް ހަދާފައި ނުވާނަމަ ދަރިފުޅުގެ އަގު ހުރި ވަގުތެއް ބޭކާރު ވެގެންދާނެވެ. ދަރިފުޅަށް ހަމަ ނިދި ނުލިބި ކިޔެވުމަށް ސަމާލުކަން ނުދެވި ނަފްސާނީ އަދި ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުތައްކުރާތަން ފެނިގެންދާނެއެވެ. މިކަން އެނގިގެންދަނީ ސްކޫލަށް ނާންނަ ކުދިން ގިނަފަހަރަށް ބުނަނީ ސްކޫލަށް ނާދެވެނީ ހެދުނު ހޭނުލެވޭތީކަމަށެވެ. މިހެން މިކަންދިމާވާން މެދުވެރިވާ ސަބަބަކަށް ވަނީ ވަކި ވަގުތެއް ކަނޑައަޅާފައި ނުވުމުން އިންޓަނެޓުގައި ރޭގަނޑު ހޭލާ ހުރެފައި ލަހުން ނިދުމުން ހެދުނު ހޭނުލެވެނީއެވެ. އެހެންކަމުން ބެލެނިވެރިން ދަރިފުޅު އިންޓަނެޓު ބޭނުންކުރަން ވަގުތު ކަނޑައެޅުމަކީ މުހިންމުކަމެކެވެ.

ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް ބުނެދިނުން

          އިންޓަނެޓު ބޭނުންކުރަނީ ރަނގަޅަށް ކަން ޔަގީންކުރުމަށް، އެ ބޭނުންކުރާނެ ރަނގަޅުގޮތް ކިޔައިދިނުމަކީ މުހިންމު ކަމެކެވެ. މިކަންތައް ބުނެދޭން ޖެހެނީ ދަރިފުޅަށް އެއްޗެއްގެ ނުރައްކަލެއް ނޭނގޭނަމަ އެއިން ދުރުވުމަށް މަސައްކަތެއް ނުކުރާނެތީއެވެ. އިންޓަނެޓަކީ އޭގެ ރަނގަޅު ގޮތުގައި ބޭނުން ނުކުރެވިއްޖެ ނަމަ އޭގެ ތެރެއަށް ގެނބި ސަލާމަތްވުން އުނދަގޫވާ ފަދަ ބާރުގަދަ އެއްޗެކެވެ. ވީމާ އިންޓަނެޓުގެ ބާރުގައި ނުޖެހުމަށް ކުރާނެ ކަންތައް ދަރިފުޅަށް ދަސްކޮށްދިނުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ. އޭގެ ތެރޭގައި އިންޓަނެޓުން ދިމާވާ ހުރިހާ މީހުންނަކީ އެކުވެރިކަން ބަދަހިކުރަން ޖެހޭ ރަނގަޅު މީހުން ނޫންކަން ދަރިފުޅު އަހުލުވެރިކުރުމަކީ ބޭނުންތެރި ކަމެކެވެ. އަދި އިންޓަނެޓުގައި ވާހާ ލިންކުތަކާއި ވިޑިޔޯތަކަކީ ބަލަންޖެހޭ އެއްޗެއް ނޫންކަން އެނގެން ޖެހޭނެއެވެ. އަދި ދަރިފުޅު އިންޓަނެޓުން މީހުންނާ ވާހަކަދެއްކުމުގެ ތެރޭގައި ދަރިފުޅު ހިތްދަތި ކޮށްލާ ފަދަ އެއްވެސް އެއްޗެއް މީހަކު ބުނެފިނަމަ ބެލެނިވެރިޔާ ގާތުގައި އެ ވާހަކަ ބުނެވޭނެކަމަށް ހިތްވަރު ދީފައިވާން ޖެހޭނެއެވެ. އޭގެ އިތުރުން ރަހުމަތްތެރިޔާ އާ ދަރިފުޅުގެ އެއްވެސް ޒާތީ މަޢުލޫމާތެއް ޙިއްސާ ނުކުރުމަށް ބުނެދީފައިވުމަކީ ވެސް މުހިއްމުކަމެކެވެ. ޒާތީ މަޢުލޫމާތު އިންޓަނެޓުގެ މީހުންނާ ހިއްސާ ކުރުމުން އެކައުންޓުތައް ހެކްވެ ކުއްޖާގެ އަގު ވެއްޓާލާ ފަދަ ކަންތައް އިންޓަނެޓަށް ދޫކޮށްލާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. ދަރިފުޅުގެ ޢަބުރާއި އިއްޒައް ރައްކާތެރި ކުރުމަށް ކުއްޖާއަށް އިންޓަނެޓު ބޭނުންކުރާނެ ގޮތް ބުނެދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.

ސިޓިންގ ރޫމް ފަދަ ހާމަތަނެއްގައި އިންޓަނެޓް ބޭނުންކުރާނެގޮތް ހަމަޖެއްސުން

          ދަރިފުޅު އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ޔަގީން ކުރުމަށް ދަރިފުޅު އިންޓަނެޓު ބޭނުންކުރާނެ ހާމަތަނެއް ހުރުމުން އެނގިގެންދާނެއެވެ. ހާމަ ތަނެއްގައި އިންޓަނެޓު ބޭނުންކުރަން ބަހައްޓާނަމަ ދަރިފުޅު ބަލަންނުޖެހޭ އެއްޗެހި ބެލުމުން ދުރުވުމަށް މަގުފަހިވެގެންދާނެއެވެ. އެއީ އާއިލާ މީހުން ތިބޭ ހާމަ ތަނެއްގައި ގޯސް ކަންތައް ކުރުމަށް ލަދުގަނެ އެކަން ކުރުމަށް ޖެހިލުންވާނެއެވެ. ދަރިފުޅު އެކަނި އިންޓަނެޓު ބޭނުންކުރުމަށް ދޫކޮށްފިނަމަ އޭގެ ބޭނުން ހިފައިގެން ކުރަން ނުޖެހޭ ކަންތައްތައް ކުރުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ދަރިފުޅު އިންޓަނެޓު ބޭނުންކުރުމަށް ހާމަތަނެއްގައި ބެހެއްޓުމުން ދަރިފުޅު އިންޓަނެޓުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާކަން ޔަޤީން ކުރެވޭނެއެވެ.

          ދަރިފުޅު އިންޓަނެޓު ބޭނުންކުރާނަމަ އޭގެ ކޮންޓުރޯލު ބެލެނިވެރިޔާގެ އަތުގައި ބެހެއްޓުމާއި، ވަކި މިނަކަށް އިންޓަނެޓު ބޭނުންކުރުމަށް ކަނޑައެޅުމުގެ އިތުރުން އިންޓަނެޓު ބޭނުންކުރާނެ ރައްކާތެރިގޮތް ކިޔައިދީ ހާމަތަނެއްގައި އިންޓަނެޓު ބޭނުންކުރުމަށް ހަމަޖެއްސުމަކީ ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ކަށަވަރު ކުރުމަށް ކުރުން މުހިންމު ކަންތައްތަކެވެ. ދަރިފުޅު އިންޓަނެޓުގެ ނުރައްކާތެރިކަމުން ރައްކާތެރިކުރުމަށް މިކަންތަކަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.

ދަރިފުޅު އިންޓަނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިކަން ޔަގީން ކުރަނީ ކިހިނެއް ހެއްޔެވެ؟

 



ދަރިފުޅު އިންޓަނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިކަން 

ޔަގީން ކުރަނީ ކިހިނެއް ހެއްޔެވެ؟

          މި ޒަމާނުގައި ހުރިހާ އުމުރުފުރާއެއްގެ މީހުން އިންޓަނެޓް ބޭނުންކުރުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. އާއްމު އުސޫލަކުން ބަލާއިރު ކޮންމެ ކޮންމެ ކުއްޖެއްގެ އަތުގައި އިންޓަނެޓުގެ ކޮންމެވެސް ވަސީލަތެއް އޮވެއެވެ. މިއީ އެ ކުދިން މީސްމީޑިއާއަށް ހުޅުވައިދޭ ދޮރަކަށް ވާއިރު އެ ކުދިން އެ އެއްޗެހި ބޭނުންކުރާ ގޮތް ބެލުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ވީމާ ދަރިފުޅު ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތަކުގެ ކޮންޓޮރޯލް އޮންނަން ވަނީ ބެލެނިވެރިންގެ އަތުގައި ކަމާއި، އެކުދިން އިންޓަނެޓު ބޭނުންކުރުމަށް ވަކި ގަޑިތައް ކަނޑައެޅުމާއެކު، ރައްކާތެރި ގޮތެއްގައި އިންޓަނެޓު ބޭނުންކުރަންވާގޮތް ބުނެދިނުމުގެ އިތުރުން އިންޓަނެޓުގެ ބޭނުންހިފަން ދަރިފުޅު ހުންނަން ވާނީ ހާމަތަނެއް ގައިކަން ޔަޤީން ކުރުމަކީ ބޭނުންތެރިކަމެކެވެ.

ޕޭރެންޓަލް ކޮންޓްރޯލް ގާއިމްކުރުން

          ދަރިފުޅު އިންޓަނެޓުގެ ބޭނުން ކުރަނީ ރައްކާތެރި ގޮތަކަށްކަން ކަށަވަރު ކުރުމުގެ ގޮތުން އިންޓަނެޓަކީ ބެލެނިވެރިޔާގެ ބެލުމުގެ ދަށުގައި ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ މުހިއްމުކަމެކެވެ. މީގެ ސަބަބުން ދަރިފުޅު އިންޓަނެޓުގެ ބޭނުން ހިފަނީ ކޮންގޮތަކަށްކަން ބެލުމަށް ފަސޭހަވެގެންދާނެއެވެ. މިކަން މިހެން ނުވާނަމަ އިންޓަނެޓުގެ ސަބަބުން ދަރިފުޅުގެ އަޚްލާޤަށާއި ބަހުރުވައަށް ބަދަލުއައިސް ދީނާ ދުރުވާން ފަށާނެއެވެ. ޗައިނާގައި ސައިންސްވެރިން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގައި ނަފްސާނީ ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އިންޓަނެޓުގެ ސަބަބުން މިބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. އެހެންކަމުން ދަރިފުޅު ބޭނުންކުރާ އިންޓަނެޓު މައިންބަފައިންގެ އަތްދަށަށް ގެނައުމަކީ އެދަރިފުޅު އިންޓަނެޓުގެ ބޭނުން ހިފާ ގޮތް ދަނެގަނެވޭނެ ކަމެކެވެ.

އިންޓަނެޓް ބޭނުންކުރުމުގައި ވަކި ގަޑިތައް ކަނޑައެޅުން

          ދަރިފުޅަށް ރައްކާތެރި ގޮތަކަށް އިންޓަނެޓުގެ ބޭނުން ކުރެވޭނީ އިންޓަނެޓް ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައަޅައިގެންނެވެ. އެއީ އިންޓަނެޓު ކުޅުމުގައި ވަކި މިންގަނޑެއް ނުވަތަ ވަކި މިންވަރެއް ކަނޑަނާޅާ ނަމަ ކުއްޖާގެ ހުރިހާ ވަގުތެއް ހޭދަކުރެވޭނީ އޭގެ ތެރޭގައެވެ. މީގެ ސަބަބުން ކުއްޖާ ނަފްސާނީ އަދި ޖިސްމާނީ ބަލިތަކާ ކުރިމަތިލާން ޖެހި ކިޔެވުމާ ދީނާ ދުރުވުމުގެ އިތުރުން އާއިލީ ގުޅުން ހީނަރުވެގެންދާނެއެވެ. މީގެ ހެއްކެއްގެ ގޮތުގައި ސްކޫލަށް ނާންނަ ކުދިން ގިނައިން ހާޒިރުނުވާ އެންމެ ބޮޑު އެއް ސަބަބަކީ އިންޓަނެޓުގެ ތެރޭގައި މުޅިރޭ ހޭދަކޮށް ލަހުން ނިދުމުން ހެނދުނަށް ހޭނުލެވޭތީއެވެ. އެހެންވީމާ އިންޓަނެޓުގައި ދަރިފުޅު ހޭދަކުރާ ވަގުތު ވަކި ހައްދެއްގެ ތެރޭގައި ބަހެއްޓުމަކީ ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރަނގަޅަށްކަން ކަށަވަރު ވާނެ ކަމެކެވެ.

ރައްކާތެރި ގޮތުގައި އިންތަނެޓު ބޭނުންކުރަނެ ގޮތް ދަރިވަރުންނަށް ކިޔައިދިނުން

          ދަރިފުޅު އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތަކަށް ކަން ކަށަވަރު ކުރުމަށްޓަކައި، އެ ބޭނުންކުރެވޭނެ އެންމެ ފައިދާ ހުރި ގޮތް ދަރިފުޅަށް ކިޔައި ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ދަރިފުޅަށް އިންޓަނެޓުގައި ހުރި ނުރައްކާތެރިކަން ހާމަނުވާނަމަ އެ ބޭނުންކުރާނެ ރަނގަޅު ގޮތެއް ނޭނގޭނެއެވެ. އިންޓަނެޓަކީ ކުދިންގެ ޙަޔާތް ބަރުބާދުކޮށްލާ ފަދަ ވިހަގަދަ ހަތިޔާރެކެވެ. ވީމާ މި ނުރައްކާތެރިކަން ބޮޑު ހަތިޔާރުން ސަލާމަތްވުމުގެ މަގު ދަރީންނަށް ހޯދައިދީ ދައްކައިދިނުމަކީ މައިންބަފައިން ކުރަން ޖެހޭ ކަމެކެވެ. އެގޮތުން އިންޓަނެޓުން ފެންނަ ކޮންމެ އެއްޗަކީ ބަލަން ޖެހޭ އެއްޗެއް ނޫންކަމާއި، މި ތަނުން ދިމާވާ ކޮންމެ މީހަކީ އެކުވެރިޔެއް ނޫންކަމާއި، އިންޓަނެޓުން ދިމާވާ މީހާ ބުނާ ކޮންމެ ކަމަކީ ކުރަންޖެހޭ ކަމެއް ނޫންކަމާއި އިންޓަނެޓުގައި ހުންނަ ކޮންމެ ލިންކަކީ ވަންނަން ޖެހޭ އެއްޗެއް ނޫންކަން ބުނެދިނުމަކީ ބޭނުންތެރި ކަމެކެވެ. އޭގެ އިތުރުން އިންޓަނެޓުގެ ޒަރިއްޔާއިން ދަރިފުޅުގެ ހިތް ނުރުހޭފަދަ ކަމެއް ދިމާވާނަމަ ބެލެނިވެރިޔާ ގާތު ބުނުމަށާ އެ މައްސަލައިން ދުރުވުމަށް ބުނެދޭން ޖެހެއެވެ. ހަމައެއާއެކު ދަރިފުޅުގެ ޒާތީ މަޢުލޫމާތު އިންޓަނެޓުގައި ހިއްސާކޮށްގެން ނުވާނެކަން ވެސް ދަރިފުޅަ އެނގެން ޖެހޭނެއެވެ. އެއީ ޒާތީ މަޢުލޫމާތުތަށް ޙިއްސާކުރުމުގެ ސަބަބުން އެކައުންޓުތައް ހެކްކޮށް ކުއްޖާ އިންޓަނެޓުގެ ދުނިޔޭގައި ގިނަކުރަމުން ދާކަމީ މިހާރު ވަރަށް ގިނައިން ފެންނަމުންދާ ހަޤީގަތެކެވެ. އެހެންކަމުން ކުއްޖާގެ އަބުރާ އިއްޒަތް ނުގެއްލެނީސް އިންޓަނެޓުގެ ނުރައްކަލާ ބެހޭގޮތުން ކުއްޖާ ހޭލުންތެރިކުރުމަކީ ރައްކާތެރިގޮތަކަށް އިންޓަނެޓް ބޭނުންކުރާކަން ޔަޤީންވާނެ ކަމެކެވެ.

ސިޓިން ރޫމް ފަދަ ހާމަތަނެއްގައި އިނަޓަނެޓު ބޭނުން ކުރާނެގޮތް ހަމަޖެއްސުން

          ދަރިފުޅު އިންޓަނެޓު ބޭނުން ކުރަން ހާމަތަނެއް ހަމަޖެއްސުމަކީ ދަރިފުޅު އިންޓަނެޓު ބޭނުން ކުރަނީ ރައްކާތެރިގޮތަކަށް ކަން ކަށަވަރުކޮށް ދެނެގެނެވޭނެ ކަމެކެވެ. އެއީ ދަރިފުޅު ހާމަތަނެއްގައި ހުރެ އިންޓަނެޓު ބޭނުން ކުރާނަމަ އެއިން ގޯސް މަންޒަރުތައް ބެލުމާ ކުރަން ނުޖެހޭ ކަންކަން ކުރުމުން ދުރުވާނެއެވެ. ސަބަބަކީ ގޭގައި އުޅޭ މީހުންނަށް އިންޓަނެޓުން ކުރާކަން ފެނިދާނެތީވެ ދަރިން އެކަންކަން ނުކުރާނެއެވެ. މިއާއެކު ފަސޭހަކަމާއެކު ދަރިން ކުރަމުންގެންދާ ކަންތައް ބަލައި ހެދޭނެއެވެ. ދަރިފުޅު އިންޓަނެޓު ބޭނުން ކުރަން އެކަނި ބަހައްޓާނަމަ ދަރިންނަށް އެއިން ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. އެކަނި ކޮޓަރިއެއްގައި ފޯނު ނުވަތަ ޓެބްލެޓް ދީފައި ބައިތިއްބާ ކުދިން ގިނައިން ކުރަނީ އިންޓަނެޓުގެ ޒަރިއްޔާއިން ކުރަން ނުޖެހޭ ކަންތައްތަކެވެ. ވީމާ ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ހެޔޮގޮތުގައި ކަން ކަށަވަރު ކުރުމަށް ދަރިފުޅު އިންޓަނެޓު ބޭނުން ކުރަން ހާމަ ތަނެއްގައި ބަހެއްޓުމަކީ މުހިންމު ކަމެކެވެ.

          ދަރިފުޅު ބޭނުންކުރާ އިންޓަނެޓަކީ ބެލެނިވެރިންގެ އަތްދަށުގައި އޮންނަ އެއްޗަކަށް ހެދުމާއި، އިންޓަނެޓު ބޭނުން ކުރުމަށް ވަކި މިންގަޑެއް ކަނޑައެޅުމާއެކު އިންޓަނެޓު ހެޔޮގޮތުގައި ބޭނުން ކުރާނެ ގޮތް ކިޔާދިނުމުގެ އިތުރުން ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ހާމަތަނެއްގައި ކަން ބެލުމަކީ އެދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރިގޮތަކަށް ކަން ކަށަވަރު ކޮށްދޭ ކަންކަމެވެ. އެހެންކަމުން ހުރިހާ މައިންބަފައިންވެސް ދަރިފުޅު އަތަށް އިންޓަނެޓުގެ ވަސީލަތުތައް ދޭއިރު މިކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. ދަރިފުޅުގެ ރައްކާތެރި ކަމަށް ހުރިހާ ބެލެނިވެރިން މިކަންކަމަށް ސަމާލުވާށެވެ.


Sunday, August 31, 2025

ފަލަޞްޠީން

 



                 ފަލަޞްޠީން

ޣައްޒާގެ ބިން ފޭރެންނިކަން ރޭވުންތަކެއް ކުރަމުންދަނީ

   ޣައްޒާ ސިޓީ ނިސްބަތްއެވާ މުސްލިމް އަޚުން ރޮއްވާލަނީ

ރުއިމުގެ އަޑުން އެފަޒާތެރޭ ގިސްލާރުއިން އިތުރޭވަނީ

   ލުއިކަން ހިތަށް ލިބިގެންނުވާ ބިރުހުރިގޮތަށް ކަންތައްވަނީ

ހިތްދަތިކަމުން މުސްލިމް ދަރިން މިނިވަންކަމަށް އަޑުއިއްވަނީ

   ހިތްދަތި އެތަށް މުސްލިމު އަޚުން ޙައްޤަށްޓަކާ ޤުރުބާންވަނީ

ހަނގުރާމައޭ ކުރަމުންދަނީ މުސްލިމުތަކުން އެ ހަނާވަނީ

    އަގުނުކުރެވޭ ހައިހޫނުކަން ކުރިމަތިވެފައި އާންމޭވަނީ

ބޮންތައްއަޅާ ބަޑިތައްޖަހާ ނަސްލެއްއެކީ ނައްތާލަނީ

    ކޮންމެސްގޮތެއް ހޯދަންޖެހޭ ހަމަލާތަކުން އެނަޖާވަނީ

އެންމެންއެކީ ވާށޭއެހީ އަތްތައް ގުޅާ އުފުލަންވަނީ

   އުންމަތްއެކީ ނަޞްރެއްލިބޭ ގޮތްތައް ހިނގާ ހޯދަންވަނީ


ފަލަސްތީނުގެ ޙާލަތު

 




ފަލަސްތީނުގެ ޙާލަތު

އަލްމސްޖިދުލްއަޤްޞާއަކީ ފަލަސްތީނުގައި ބިނާވެފައިވާ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އަދި އެއީ ދުނިޔޭގައި ދެވަނައަށް ބިނާކުރެވިފައިވާ މިސްކިތެވެ. މި މިސްކިތް ބިނާވެފައިވާ ފަލަސްޠީނުގެ މާތް ބިމަކީ ގިނަ ރަސޫލުބޭކަލުންތަކެއް އެ ބިމަކަށް އުފަންވެ ދިރިއުޅުއްވި އަދި ފަސްދާނު ލައްވާފައިވާ މާތް ބިމެކެވެ. އޭގެއިތުރުން މަސްޖިދުލްއަޤްޞާއަށް ލިބިފައިވާ މާތް ޝަރަފުތަކުގައި ރަސޫލާ صلى الله عليه وسلم އިސްރާއާއި މިޢުރާޖުގެ ދަތުރުގެ ރޭ އެ މިސްކިތުގައި އެކަލޭގެފާނު އިމާމުވެ ހުރިހާ ރަސޫލު ބޭކަލުންނާއި އެކު ދެ ރަކުޢަތް ނަމާދުފުޅު ކުރެއްވި މިސްކިތްފުޅުގެ ޝަރަފެވެ. އެހެންކަމުން ފަލަސްޠީނުގެ ނިކަމެތި މުސްލިމުންގެ އަނިޔާވެރިކަމާއި ނާމާންކަމުން ސަލާމަތްކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ކޮންމެ މުސްލިމު ޤައުމެއް ވެރިންނަށާއި ކޮންމެ މުސްލިމު ރައްޔިތެއް ކުރުން ވާޖިބު ކަމެކެވެ.

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުގެ މީހުން ހަމަލާދޭތާ 79 އަހަރުވެ ނިމިފައިވެއެވެ. ޔަހޫދީންގެ ލާއިންސާނީ ހަމާލާތަކުގެ ބިރުވެތިކަމާއި ނާމާންކަމުން ފަލަސްޠީނުގެ މުސްލިމުންގެ ހިތްތައް ވަނީ ފުރިފައެވެ. އަދި އެ ދެރަ ހާލުގައިވާ މުސްލިމުންގެ ރުއިމުގެ އަޑުން ފަލަސްޠީނުގެ ޖައްވުވަނީ ގުގުމާލެވިފައެވެ. އަދި އެ ޤައުމުގެ ބިމުގެ ހުރިހާ ސަރަޙައްދެއްވަނީ ފަލަސްޠީނުގެ އެކި ޢުމުރުގެ މުސްލިމުންގެ ލޭގެ ކޯރުން ފުރިފައެވެ. އަދި އިސްރާއީލުގެ ހަމަލާގެ ސަބަބުން ފަލަސްޠީނުގެ މުސްލިމުން ވަނީ އިންސާނީ ޙައްގުތަކުން މަޙުރޫމުވެފައެވެ. ކާނޭ އެއްޗެއް އަދި ބޯނޭ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގެ މައްޗަށް އެ އަނިޔާތަކާއި ރުއިމުގެ އަޑުގެ ތެރެއިން ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި، މުސްކުޅިންނާއި މާބަނޑު މީހުން ދުނިޔެ ދޫކޮށްދެއެވެ. އެހެންކަމުން ފަލަސްޠީނުގެ މުސްލިމުންނަށް ގެއްލިފައިވާ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހިފައިވާ ލާޒިމު ކަމެކެވެ. އަހަރެމެން މުސްލިމުންގެ އަނިޔާގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް ދެވެން އޮތް އެންމެ ބޮޑު އެހީއަކީ، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށްވާ ދުޢާގެ ބޭނުންހިފައިގެން ޔަހޫދީން އެކުރާ އަނިޔާތަކުން ފަލަސްޠީނުގެ މުސްލިމުން ސަލާމަތް ކުރަން މަސައްކަތް ކުރުމެވެ.

ދުނިޔޭގެ އެކިކަންކޮޅުން އެކި ދީނުގެ މީހުންދަނީ ފަލަސްޠީނަށް ލިބެމުންދާ އަނިޔާތައް ބަލައި، އެކަމުގެ ނުބައިކަމާ އެކަން ހުއްޓަންޖެހޭ ކަމަށް ބުނެ އަޑުއުފުލަމުންނެވެ. ނަމަވެސް އ.ދ ކަމަށްވާ ދުނިޔޭގެ އިންސާނީ ޙައްގުތައް ހޯދައިދޭ ވުޒާރާއިން ދަނީ އެކަމަށް ބީރުކަންފަތެއް ދެމުންނެވެ. ސަބަބަކީ އެ މުވައްސަސާތައް ވަނީ މުއްސަނދި ޤައުމުތަކުގެ ބާރުގެ ދަށުގައިވެފައެވެ. އަހަރެމެން ކަހަލަ ފަޤީރު ކުޑަ ޤައުމަކަށް ފަލަސްޠީނަށް އެހީވުމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތަސް އަހަރެމެން މުސްލިމުންގެ އައްޑަނަ ކަމަށްވާ ދުޢާގައި ހިފައިގަނެވޭނެއެވެ. ކޮންމެ ނަމާދަކަށްފަހުގެ ދުޢާގައި ފަލަސްޠީނުގައި ދަތިކަން ތަޙައްމަލް ކުރަމުންދާ މުސްލިމުންނަށް ނަސްރު ދެއްވުމަށް އެދި މާތް ﷲގެ ހަޟުރަތުން އެދުމަކީ ފަލަސްޠީނަށް ލިބޭނެ ބޮޑު އެހީއެކެވެ.