ދަރިފުޅު އިންޓަރނެޓް
ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިތޯ ކަށަވަރު ކުރާނީ ކިހިނެއް؟
ދެކޮޅު ތޫނު ވަރުގަދަ
ހަތިޔާރެއް ކަމަށްވާ އިންޓަރްނެޓަކީ ކުޑަކުދިންނާއި، އެކިއުމުރުފުރައިގެ މީހުން ބޭނުން
ކުރުން އާންމުވެފައިވާ އެއްޗެކެވެ. ފޯނުފަދަ ވަސީލަތްތަކަކީ ކުދިންގެ
ދިރިއުޅުމުގައި ގުޅިލާމެހި ފައިވާ އެއްޗެކެވެ. ކުދިން މީސްމީޑިއާގެ ތެރެއަށް ވަންނަނީ
މިކަހަލަ ވަސީލަތްތަކުންނެވެ. އެހެންކަމުން ކުދިން އިންޓަރްނެޓް ބޭނުން ކުރަނީ
އެންމެ އެދެވޭ ގޮތުގައިތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެގޮތުން
އެކުދިން ބޭނުން ކުރާ ވަސީލަތްތަކުގައި ޕޭރެންޓަލް ކޮންޓްރޯލް ގައިމްކުރުމާއި
އެބޭނުން ކުރަން ވަކި ގަޑިތަކެއް ކަނޑައެޅުމުގެ އިތުރަށް ސިޓިންގްރޫމް ފަދަ ހާމަ
ތަނެއްގަ އިންޓަރްނެޓުގެ ވަސީލަތްތައް ބޭނުން ކުރުމަށް ބެހެއްޓުމާއެކު
އެވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އިރުށާދުދޭން ގެހެއެވެ.
ޕެރެންތަލް
ކޮންޓްރޯލް ގާއިމްކުރުން
ދަރިފުޅު އިންޓަރްނެޓް ބޭނުން ކުރަނީ ރައްކާތެރި
ގޮތުގައިކަން ކަށަވަރު ކުރުމަށް ޕޭރެންޓަލް ކޮންޓްރޯލް
ގާއިމް ކުރަންޖެހެއެވެ. ނަތީޖާއެއް ގޮތުން ދަރިފުޅު ވަންނަނީ އުމުރާއި
ދީނާގުޅޭ ވެބްސައިޓުތަކަށްތޯ ނުވަތަ މީހުންނާ މުއާމަލާތުކުރަނީ ރަނގަޅު ގޮތުގައިތޯ
ކަމާއި އަދި ދަރިފުޅު ބޭނުން ކުރާ ވަސީލަތްތަކުން ކުރާ ހުރިހާ ކަމެއް
މައިންބަފައިންނަށް އެގިގެންދާނެއެވެ. މައިންނަށް މިކަންތައް ނުބެލިއްޖެނަމަ ކުއްޖާ
ދީނުން ދުރުވެ މަގުފުރެދިގެން ދިއުމުގެ އިތުރަށް ބަހުރުވަ ހުތުރުވެގެން ދާނެއެވެ. ޕަބްޖީފަދަ
ގޭމުތައް ކުޅޭކުދިން އޭގައި ދެވިހިފައިފައި ވާވަރުން އެގޭމުތަކަށްޓަކައި އަމިއްލަޔަށް
މަރުވާކަން ރިޕޯޓުތަކުން ދައްކައެވެ. ސަބަބަކަށް ވަނީ މައިންބަފައިންނަށް ކުދިން އިންޓަރްނެޓް
ބޭނުން ކުރާގޮތް ރަނގަޅަށް ނުބެލުމެވެ. އެހެންކަމުން ޕޭރެންޓަލް ކޮންޓްރޯލް ގާއިމްކުރެވިއްޖެނަަ
މިކަހަލަ ހިތާމަވެރި ހާދިސާތައް މަދުވުމަކީ އެކަށީގެން ވާކަމެކެވެ.
ކުއްޖާއަށް
އިންޓަރްނެޓް ބޭނުން ކުރުމަށް ވަކިވަގުތުތަކެއް ކަނޑައެޅުން
އިންޓަރްނެޓް ބޭނުން ކުރުމުގައި ކުއްޖާއަށް
ވަކިވަގުތުތަކެއް ކަނޑައެޅުމަކީ އެކުއްޖާ އިންޓަރްނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ
ކަށަވަރު ކުރަން ވަރަށް މުހިންމު ކަމެކެވެ. ވަކި ހައްދެއް ނެތި ކުއްޖާއަށް
އިންޓަރްނެޓު ބޭނުން ކުރަން ދޫކޮއްފިނަމަ އެކުއްޖާގެ ހުރިހާ ވަގުތެއް ހޭދަ ކުރާނީ
އިންޓަރްނެޓުގައެވެ. މީގެސަބަބުން ދަރިފުޅު އާއިލާއަށް ހޭދަކުރާ ވަގުތު މަދުވެ ކިޔެވުމާދުރުވެ
އަދި ނަފްސާނީއާއި ގިސްމާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިގޮތުން އިންޓަރްނެޓުގެ ސަބަބުން ދަރިވަރުން ސުކޫލަށް ނުދާ
މައްސަލަވަނީ މިހާރު އިންތިހާއަށް ގޮސްފައެވެ. މީގެތެރެއިން ގިނަކުދިން ސުކޫލަށް
ނުދަނީ ރޭގަނޑު ހަތަރުދަމު އިންޓަރްނެޓުގައި ހޭދަކޮށްފައި ފަތިހުފަތިހާ ނިދަން
އޮށޯތުމުން ދަރިފުޅު ނާދެވުން ހެއްކަކަށް ފުދެއެވެ. އެހެންކަމުން ދަރިފުޅު
އިންޓަރްނެޓު ބޭނުން ކުރުމުގައި ވަކިވަގުތުތަކެއް ދިނުމަކީ އިންޓަރްނެޓް އޭގެ
ރައްކާތެރި ގޮތުގައި ބޭނުން ކުރާކަން ކަށަވަރު ކުރުމަށް އެޅިދާނެ މުހިންމު
ފިޔަވަޅެކެވެ.
ރައްކާތެރި
ގޮތުގައި އިންޓަރްނެޓް ބޭނުން ކުރާނެ ގޮތް ކުއްޖާއަށް ބުނެދިނުން
ދަރިފުޅު އިންޓަރްނެޓު ބޭނުން ކުރަނީ
ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރުމަށް، އެ ބޭނުން ކުރާގޮތް ދަރިފުޅަށް
ބުނެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއްޗެއްގެ ނުރައްކާތެރިކަން އެކުއްޖަކަށް
ނޭގިއްޖެނަމަ އެ އާއި ދުރަށްނުދާނެކަން ހަމަބުއްދި އަށް ވިސްނޭނެއެވެ. އިންޓަރްނެޓަކީ
ވިހަގަދަ ހަތިޔާރެކެވެ. އެއަށްރައްކާތެރި ނުވެއްޖެނަމަ ތިމާގެ އަބުރު ގަތުލު
ކޮއްލާފައި އެ ދާނެއެވެ. އެގޮތުން ކުއްޖާއަށް މި ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް
މަގުކޮށާފައި ވިސްނައިދޭން ގެހެއެވެ. އިންޓަރްނެޓުން ފެންނަ ކޮންމެ ވެބްސައިޓުތަކަކީ
ރަނގަޅު އެއްޗެއް ނޫންކަމާއި އެއިން ފެނަ ކޮންމެ މައުލޫމާތަކީ ހަގީގަތެއް
ނޫންކަމާއި ފެންނަ ކޮންމެ ލިންކަކަށް ފިތުމަކީ އެންމެރައްކާތެރި ގޮތް ނޫންކަމާއި
އިންޓަރްނެޓުން ފެނަކޮންމެ މީހަކީ އަސްލު ރަހުމަތްތެރިއެއް ނޫންކަމާއި އެމީހުންނަކީ
އިތުބާރު ކުރެވޭބައެއް ނޫންކަން އެކުއްޖާއަށް ވިސްނައިދިނުމަކީ މައިންބަފައިންގެ
ޒިންމާއެކެވެ. އިންޓަރްނެޓުން ޗެޓުކުރުމުގައި ދަރިފުޅުގެ ހިތަށް ނުރުހޭކަހަލަ
ވާހަކަދައްކާނަމަ ބޮޑުމީހެއްގެ ގާތުގައި ވީހާވެސް އަވަހަކަށް ބުނުމާއި އެފަދަމީހުންނާ
ދުރުހެލިވުމާއި އިންޓަރްނެޓުގައި ދަރިފުޅުގެ ޒާތީ މައުލޫމާތުތައް ބޭރުނުކުރުމަށް އިރުށާދުދޭން
ޖެހެއެވެ. ކުއްޖާގެ ޒާތީ މައުލޫމާތު ލިންކަކުން ނުވަތަ ސްކޭމަކުން މީހަކަށް
ބޭރުވެއްޖެނަމަ ނުވަތަ މިހަކަށް ދީފިނަމަ އެމީހުން އެބޭނުން ކޮއްގެން ކުއްޖާ
ބޭނުން ކުރާވަސީލަތްތައް ހެކުކޮށް އެކުއްޖާގެ އަބުރަށް ގެލުންވާ ފަދަ ކަތަށް ކޮށް
ހުރިހާ ޒާތީ މައުލޫމާތު މީސްމީޑިޔާ ފަދަ މަންސަތަކަށް ބޭޒާރުކޮއްލާފާނެ ކަމަށް
ކުއްޖާއަށް ވިސްނައިދޭން ޖެހެއެވެ. އެހެންކަމުން އިންޓަރްނެޓް، ދަރިފުޅު މަގުފުރައްދާނުދަނީސް
އެ އެންމެ ރަނގަޅު ބޭނުން ކުރާނެ ގޮތް ބުނެދިނުމަކީ ދަރިފުޅު
އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތެއްގައިތޯ ކަށަވަރު ކުރަން އެޅިދާނެ
ފިޔަވަޅެކެވެ.
ސިޓިންގް
ރޫމް ފަދަ ހާމަ ތަނެއްގައި އިންޓަރްނެޓް ބޭނުން ކުރަން ހަމަޖެސުން
ހާމަތަނެއްގައި އިންޓަރްނެޓު ބޭނުން
ކުރުމަށް ކުއްޖާ ބެހެއްޓުމަކީ އިންޓަރްނެޓް އޭގެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް
މަގުފަހިވާ ކަމެކެވެ. ސަބަބަކީ ސިޓިންގް ރޫމް ފަދަ މީހުން ގިނަތަންތާ ބެހެއްޓުމަކީ
އެކުއްޖާ އިންޓަރްނެޓުން ކުރާހުރިހާ ކަމެއް އެތާގައި ތިބޭ މީފެންނާނެތީއެވެ. ނަތީޖާއަކަށް
ވަންނަނީ އުމުރާއި ދީނާގުޅޭ ވެބްސައިޓުތަކަށްތޯ
ނުވަތަ ބަލަނީ ދީނާގުޅޭ އެއްޗެހިތޯ ކަން އެތާގައި ތިބޭމީހުނަށް އެގިގެން ދާނެއެވެ.
ހުރިހާ ކުދިންވެސް ގޯސްކަމެއް ކުރަންޏާމު ކުރާނީ ސިއްރުން ކަންކޮންމެ ހަމަބުއްދި
އަކުން ވިސްނިޔަސް އެނގޭނެއެވެ. އެގޮތުން ދަރިފުޅު ކޮޓަރީގައި އިނދެ
އިންޓަރްނެޓުން ކުރާ އެއްވެސް ކަމެއް ގޭގައި ތިބޭ އެހެން މީހުންނަކަށް ނޭގޭނެއެވެ.
އެހެންކަމުން ހާމަތަނެއްގައި އިންޓަރްނެޓު ބޭނުން ކުރުމަށް ކުއްޖާ ބެހެއްޓުމަކީ އިންޓަރްނެޓް
އޭގެ އެންމެ ރަނގަޅު ގޮތުގައި އެކުއްޖާ ބޭނުން ކުރުމަށް ލިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިބިގެން
ދާނެ ހިތްވަރެކެވެ.
ކުއްޖާ އިންޓަރްނެޓް ބޭނުން ކުރަން ގެންގުޅޭ
ވަސީލަތްތަކުގައި ޕޭރެންޓަލް ކޮންތްރޯލް ގާއިމް
ކުރުމާއި އެބޭނުން ކުރަން ވަކިވަގުތުތަކެއް ކަނޑައެޅުމާއި އެރަނގަޅު ގޮތުގައި ބޭނުން
ކުރާނެގޮތް ބުނެދިނުމާއި ހާމަތަނެއްގައި ކުއްޖާ ބެހެއްޓުމަކީ ދަރިފުޅު އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި
ގޮތެއްގައިތޯ ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. ޕޭރެންޓަލް
ކޮންތްރޯލް ގާއިމްކުރުމުން ކުއްޖާ ފޯނު ކުރާ ހުރިހާކަމެއް މައިންބަފައިނަށް
އެގޭނެއެވެ. އަދި އިންޓަރނެޓް ބޭނުން ކުރަން ވަކިވަގުތުތަކެއް ކަނޑައެޅުމަކީ
އެހެންކަންކަން ކުރަން ކުއްޖާއަށް ވަގުތުލިބޭނެއެވެ. މީގެއިތުރަށް އިންޓަރްނެޓު ގެވަސީލަތްތައް
ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުމަށް ވިސްނައިދޭން ޖެހޭނެއެވެ. އަދި
ހަމަތަނެގައި އިންޓަރްނެޓް ބޭނުން ކުރުމަށް ބެހެޓުމަކީ އެތާގައި ތިބޭމީހުންނަށް އެކުއްޖާ
ކުރާހުރިހާ ކަމެއް އެގޭނެއެވެ. އެގޮތުން މިކަތައް ރަނގަޅު ގޮތުގައި ކޮއްފިނަމަ ކުއްޖާގެ
ދިރިއުޅުން ރަނގަޅު ގޮތުގައި ބަދަލުވެ އިސްލާމް ދީނާއި ގަތްވެ އެންމެހައި ރަނގަޅު
ކަންތައްތައް ކުރުން މަތީ ދެމިހުންނަން ފަސޭހަވާނެއެވެ. އެހެންކަމުން ކުއްޖާގެ
ކުރިމަގު އުޖާލާ ކުރުމަށް މިކަންތައްތައް ކުރުމަކީ ޒިންމާ އެއްކަން މައިންބަފައިން
ބެލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.